
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާންގެ ފޯމު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. އެގޮތުން އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައި ނުވާއިރު، އިޓާލިއަން ލީގުގެ އެއްވަނަ މަގާމުވެސް ވަނީ ގެއްލިފައެވެ. މިހެންވެ އިޓަލީގެ މީޑިއާތަކުން ބުނަނީ މިއީ ކޯޗު ސިމޯން އިންޒާގީއަށް ކުރމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިރޭގެ މެޗުގެ ކުރިން ކޯޗަށް ގޮތެއް ނިންމަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވަޑް މާކަސް ތުރަމް ފުރަތަމަ 11ގައި ކުޅުވުމާމެދުގަ އެވެ. އެންމެ ފަހުން އިންޓަ ކުޅުނު ތިން މެޗުގައި ވެސް މަސްގަނޑަށް ތަދުވެ ކުޅުމާ ދުރުގައި ހުރި ފޯވަޑް މުޅިން ފިޓެއްނޫނެވެ. ނަމަވެސް އޭނާ އަށް ކުޅެވިދާނެ ކަމަށް މެޑިކަލް ޓީމުން ވަނީ ބުނެފަ އެވެ.
ތުރަމް ނާރުވާނަމަ ފޯވަޑް ލައިނުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒަށް އެހީތެރިވާން ކޯޗުގެ އިތުބާރު އޮތް ކުޅުންތެރިއަކު ނެތެވެ. މެހްދީ ތެރޭމީ އަށް ދިން ފުރުސަތުގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. މީގެ އިތުރުން ގުއިސެއްޕް މެޒާ ވެސް ފުރަތަމަ 11 އިން ފުރުސަތު ދެވޭ ވަރެއް ނުކުރެވުނެވެ. ޔަގީން ކޮރެއާ އަކީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުގައި ލިސްޓުގައިވާ ކުޅުންތެރިއެއްނޫނެވެ. އިޓަލީގެ މީޑިއާތަކުން ބުނީ މިހެންވެ ފުރަތަމަ އެގާރައިގައި ޑޭވިޑޭ ފްރަޓޭސީ ލައްވައި ކުޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އިންޓަގެ ކޯޗު އިންޒާގީ ބުނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުރިމަތީގައި އޮއްވައި ޖެހިޖެހިގެން ތިން މެޗުން ބަލިވުމަކީ ވަރަށް ދެރަކޮށްވި ކަމެއް ކަމަށެވެ. “މި ތިން ބަލިން އަހަރުމެން ވަރަށް ދެރަވެއްޖެ. މިއީ ކުރިން އަހަރުމެންނަށް ދިމާވި ގޮތެއްނޫން. އަހަރުމެން އެބަޖެހޭ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މިކަމުން އަރައިގަންނަން. އަހަރުމެން ބާސެލޯނާ އަށް ދާނީ ޖެހިލުންވުމެއްނެތި. އިހްތިރާމްކޮށްގެން، ކުޅޭނީ މޮޅުވާން،” ކޯޗު ބުންޏެވެ. އޭނާ އަދި ބުނީ މިވަގުތު ބާސެލޯނާ އަކީ ޔޫރަޕުގައި އޮތް އެންމެ މޮޅު ޓީމު ކަމަށެވެ. އިންޓަ އެންމެ ފަހުން ޗެމްޕިއަންސް ލީގު ތަށި އުފުލާލީ 2010 ވަނަ އަހަތުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބާސެލޯނާ ބަލިކޮށް ގޮސް ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
