
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އައިއައިޔޫއެމް އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަޤުރީރުގައެވެ. އެމަނިކުފާނު ވަނީ އައިއައިޔޫއެމުން އެރުވި ޝަރަފަށް ޝުކުރު އަދާކުރައްވައި އެއީ ދެ ޤައުމު ގުޅިގެން އިސްލާމީ ހަޟާރަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ރަމްޒެއްކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ތާރީޚުގައި މުސްލިމް ސްކޯލަރުންނަކީ ފާހަގަކުރެވޭ އެތައް ކާމިޔާބީއެއް ހާސިލް ކުރައްވާފައިވާ ބައެއް ކަމަށާއި މިއަދު އެކި ދާއިރާތަކުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ އަސްލަކީ އެ ބޭފުޅުން ކުރެއްވި މަސައްކަތްތައް ކަމަށެވެ. އަދި އިސްލާމްދީނަކީ ދިރިއުޅުމުގެ އަސާސް ކަމަށާއި އިސްލާމީ މުޖުތަމަޢުތަކުން އުނގެނުމަށް އިސްކަންދޭކަން ތާރީޚު ހެކި ދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ތާރީޚުން އެނގޭގޮތުގައި އިސްލާމީ މުޖުތަމަޢުތަކުން ތަޢުލީމު ކުރިއެރުވުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އިންފްރާންސްޓްރަކްޗަރއަށް އިންވެސްޓް ކޮށްފައިވާ ކަމަށާއި މިއަދު އިސްލާމީ ޤައުމުތަކުން އެ މުޖުތަމައުތަކުން ކުރިއަށްދާންވީ އެ މުޖުތަމައުތަކުން ނަމޫނާ ނަގައިގެން ކަމަށެވެ. އަދި ކަނޑިއަށްވުރެ ގަލަމަކީ ބާރު ގަދަ އެއްޗެއްކަން ކާބަފައިން ގަބޫލުކުރި ކަމަށްވެސް ވިދާޅުވިއެވެ. އިސްލާމީ ހަޟާރާތް އިތުރަށް ކުރިއެރުވުމަށް ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެއްކަން ސާބިތުކޮށްދިނުމާއި އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި ރިސަރޗް ސެންޓަރުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އިންވެސްޓް ކުރަންޖެހޭ ކަމަށާއި މިހާރުވެސް ދުނިޔޭގައި ކެންސަރ ރިސަރޗާއި އޭއައި އާއި ކްލައިމެޓް ޓެކްނޮލޮޖީގައި ކުރިއެރުންތައް ހޯދަމުންދާ މުސްލިމުންގެ ވާހަކަތައް ކިޔައިދީ އެއީ ނަމޫނާތަކުގެ ގޮތުގައި ދަރިންނަށް ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުނގެނުމުގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިނުވާ ކަމަށާއި ސައިންސާއި ދީނާ ނުގުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަންޖެހޭ ކަމަށެވެ. އަދި މުސްލިމް މުޖުތަމަޢުތަކުން ކުރިއަށްދާންވީ ދެ ކަމަކީވެސް އެކުގައި ކުރިއަރައިގެން ދެވޭނެ ކަންކަން ސާބިތުކޮށްދެމުންކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިސްލާމީ އުއްމަތް އެކި ކަންކަމުގެ ސަބަބުން މިއަދު ބައިބައިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެކި ދާރިއާތަކުން ގުޅިގެން މަސައްކަތް ކުރަން އޯއައިސީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އައިއައިޔޫއެމް ފަދަ ޔުނިވަރސިޓީތައް ކުރިއަރުވައި ދީންވެރި އަދި ތައުލީމީ ބޭފުޅުން އުފައްދާ ތަންތަން ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފިކުރީ ޚިޔާލުތަކަށް އައި ދިރުމެއް ގެނައުމުގެ ވާހަކަތައް ދައްކާއިރު ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ކެކުޅުންތަކުގެ ވާހަކަތައް ދައްކަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޔަހޫދީ ދައުލަތުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި ކޮންމެ މުސްލިމް ކުއްޖަކަށްވެސް އުނގެނުމުގެ ފުރުސަތު ލިބޭނެ މުޖުތަމައުތައް ބިނާ ކުރަންޖެހޭ ކަމަށާއި އިސްލާމްދީނަކީ ހަމަޖެހުމަށް ލޯބި ކުރާ ތަޢުލީމަށް އިސްކަންދޭ ދީނެއްކަން އަޅުގަނޑުމެން ސާބިތުކޮށްދޭންޖެހޭ ކަމަށްވެސް އެމަނިކުފާނުވިދާޅުވިއެވެ.
މެޑިސިން އާއި ކްލީން އެނަރޖީ އަދި ކުއަންޓަމް ކޮމްޕިއުޓިންގެ ދާއިރާއިން ދެން ހޯދާ އެންމެ ބޮޑު އީޖާދީ ކުރިއެރުން އިސްލާމީ ޤައުމަކުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ހާސިލް ކުރުމަށް ބޭނުންވަނީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
