
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ފަށައިފިއެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. މި ކެމްޕެއިންގެ ތެރެއިން ދުބާއީގެ މަގުމަތީގައި ދުއްވާ 200 ޓެކްސީއެއްގައި ރާއްޖޭގެ އިސްތިހާރު ކުރާނެއެވެ. މި ޓެކްސީތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދެއެވެ. މީގެ އިތުރުން ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން، ޓެކްސީ ތަކުގައި ލިވަޕޫލް ކޯބްރޭނޑިންވެސް ފެނިގެންދާނެއެވެ.
މި ކެމްޕެއިން ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ މުއްދަތައް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އެމްއެމްޕީއާރްސީން މި ކެމްޕެއިން ކުރިއަށް ގެންދަނީ، މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓާއި ގުޅުވައެވެ. އެގޮތުން މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި މި ކެމްޕެއިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލުކުރައްވައެވެ. މި ކެމްޕެއިން އަރައިބިއަން ޓްރެވެލް މާކެޓް ތެރެއިން އިފްތިތާހްކޮށްފައިވާއިރު، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ދުނިޔޭގެ 160 އަށް ޤައުމަކުން މަންދޫބުން ދަނީ ބައިވެރިވަމުންނެވެ. އަދި މި ފެއަރއަށް އެކަނިވެސް 90،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، އެކި ޤައުމުތަކުގެ މަންދޫބުން ހިމެނޭހެން 46،000 ވުރެ ގިނަ މީހުން ފެއަރގައި ބައިވެރިވެއެވެ. އެހެން ކަމުން މިއީ ރާއްޖެ ޕްރޮމޯޓް ކުރަން ލިބޭ މުހިންމު ފުރުސަތެއްކަން އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.
ދުބާއީގައި ޓެކްސީ ކެމްޕެއިން އެމްއެމްޕީއާރްސީން ފަށާފައިވާއިރު، މީގެ ކުރިން ޖަރުމަންވިލާތާއި އިނގިރޭސި ވިލާތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓެކްސީ ކެމްޕެއިންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްޕީއާރްސީން ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ކެމްޕެއިންތައްވެސް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
