
އަންނަ އަހަރު ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެޤައުމަށްވެސް ފައިދާވާނެކަމަށާއި، ޚާއްޞަކޮށް ދިވެހީންނަށް ފައިދާވާނެ ދަތުރަކަށް މި ދަތުރުފުޅުވެފައިވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް އެމަނިކުފާނު އިސްކަންދެއްވަނީ އެ ރައްޔިތުން ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރައްވައި، އެފަރާތާތަކަށް ދަތިވާ ކަންކަމަށް ކުރިއެރުންތަކެއް އަވަހަށް ހޯދުމަށްކަމަށެވެ.
ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާއަކީ ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ޤައުމުކަން ފާހަގަކުރައްވައި، އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދިވެހިންނަށް އަމާޒުކޮށް ގިނަ ޚިދުމަތްތަކެއް ދޭންޖެހޭނެކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ބަޖެޓު އެކުލަވާލައްވާއިރު، ކޮންސިއުލަރ ޚިދުމަތާއިި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަށް އިސްކަންދެއްވާނެކަމަށެވެ. މިގޮތުން މެލޭޝިއާގައި ދިވެހި އައިޑީ ކާޑު އަދި ޕާސްޕޯޓު ހެދުން ފެށިފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގައިވެސް ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާ އުފެދިގެން ދިއުމުން އެކަމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ޖަމްޢިއްޔާއަށް 3000 ޑޮލަރު ޖަމާކޮށްދެމުން ގެންދަވާނެކަމަށެވެ. މީގެ ކުރިން ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އެޤައުމުގައި ތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ޖަމްޢިއްޔާ އުފައްދަވާފައިވާއިރު، އެ ޖަމްއިއްޔާއަށްވެސް ފައިސާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. “ދަރިވަރުންގެ ޖަމްއިއްޔާއެއް ހެދީމަފައިދާތަކެއް ހުންނާނެ. އޭގެތެރޭގަ ސްޓޫޑަންޓު އެކްޓިވިޓީ ހިންގަން. އަދި ކިޔަވާކުދިން އެކި ކަންތައް ކުރަން ހުންނާނެ. އެހެންވީމަ ކިޔަވާ ކުދިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް، ސަރުކާރުގެވެސް ޒިންމާއެއް.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން އެމަނިކުފާނަށް ހުށައަޅަން ބޭނުންވާކަންކަން ހުށައެޅުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން އެމްބަސީ މެދުވެރިކޮށްވެސް ރައްޔިތުން ބޭނުންވާކަންކަން ހުށައެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ޤައުމެއްގައި ދިވެހިން އުޅުނުނަމަވެސް، ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ޚިދުމަތްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ދިވެއްސަކުހުރި ކޮންމެ ތާކު ހުރި މީހެއްވިޔަސް، އެއީ ރާއްޖޭގައި ހުރި މީހަކާ އެއްވަރަށް ހަމަހަމަކަމާއެކު އެއް ހަމައަކުން އެއް ހައިސިއްޔަތުން ޚިދުމަތް ލިބޭނެ. އެއެހެންވީމަ ސަރުކާރުގެ އަމާޒަކީ އެކަން ހަމަޖެއްސުން.” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރު ޤައުމުގައި ތިބޭއިރު ދިވެހީންގެ އަސްލާއި، ދިވެހީންގެ އައިޑެންޓިޓީ ހަނދާންކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ދިވެހިންނަކީ މުސްލިމުންކަން ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވަނީ ވަރަށް ބައެއްފަހަރު އެ އޮންނަ މުޖުތަމަޢުގެ ސަބަބުން ދީނުގެ ކަންކަން ދޫކޮށްލެވޭފަހަރު އަންނަކަމަށާއި، ނަމަވެސް އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ މަތީ ތިބޭ ބައެއްކަން އަބަދުވެސް ހަނދާންކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ނަމާދަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްދީން ނޫން އެހެން ދީނަކުން ވާނެ މޮޅެއް ނޯންނާނެކަމަށާއި ހުރިހާ ކާމިޔާބެއް އޮތީ އިސްލާމް ދީނުގައިކަމަށެވެ.
ދަރިވަރުންނަށް ނަސޭހަތްތެރިވަމުން އެމަނިކުފާނު ރައީސުލްޖުމްހުރިއްޔާ ވަނީ ކިޔެވުމަކީ އެމީހެއްގެ އަމިއްލަ ނަފްސަށާއި، މައިންބަފައިންނާއި ދިވެހި ޤައުމުގެ ހައްގުގައި ކުރަންޖެހޭކަމެއްކަން ފާހަގަކުރައްވާފައެވެ. މެލޭޝިއާއަކީ މިހާރު ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީ އޮތް ޤައުމެވެ. އެހެންކަމުން އެ ހުރިހާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބޭއްވުމަށާއި، އެހެން ނޫންނަމަ ނިކަމެތިކަން އަންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
