
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން، އެއްވެސް ރައްޔިތަކު އިސްތިސްނާނުކޮށް، ރައްކާތެރި ދިރިއުޅުމެއް ޔަގީންކޮށްދެވޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެންބަރުން މިހެން ވިދާޅުވީ ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުންނެވެ. އެގޮތުން، ބޯހިޔާވަހިކަމަކީ ރާއްޖެއަށް ޒަމާނުއްސުރެ ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލު ޤާނޫނަކަށް ވެގެންދިއުމުން އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައި ބިލަށް ބަހުސް ކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޤާނޫނީ އޮނިގަނޑެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ބިލެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
“މި ސަރުކާރުގެ ސިޔާސަތަކީ އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އަޅުގަނޑަށް ގަބޫލުކުރަން. ހައުސިން މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅިފައިވާ ބިލެއް ކަމުގައިވެސް އަޅުގަނޑު ދެކެން،” މިލަންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ބިލަށް ބަހުސްކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލުގެ ސަބަބުން އެއްވެސް ރައްޔިތަކު އިސްތިސްނާކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ދިރިއުޅުމެއް އަދި އެކަށިގެންވާ ބޯހިޔާވަހިކަމެއް ޔަގީންކޮށްދެވޭނެ ކަމަށެވެ. މިއީ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުން ދެނެގަނެ ފޯރުކޮށްދޭން މަގުފަހިކުރުވާ ބިލެއް ކަމަށާއި މި ބިލުގެ ސަބަބުން ސަރުކާރުތަކުން ބޭނުން އުސޫލަކުން ބޯހިޔާވަހިކަން ދިނުން ނިމުމަކަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން އެކުލަވައިލާ ހައުސިންގ ފަންޑުގެ ސަބަބުން ބޯހިޔާވަހިކަން ހޯދަން މާލީގޮތުން ދަތިވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަކަށާއި އެގޮތަށް ލިބޭ ބޯހިޔާވަހިކަން ކުއްޔަށް ދިނުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“އަސާސީ ބޯހިޔާވަހިކަމެއް ނެތިގެން ސްކީމުގެ ތެރެއަށް ވަދެގެން ބޯހިޔާވަހިކަން ލިބުނީމަ، 7000 ރުފިޔާ ނުވަޔަ 6000 ރުފިޔާ ސަރުކާރަށް ދައްކާފައި 15000 ރުފިޔާއިން 18000 ރުފިޔާއަށް ކުއްޔަށް ދޫކުރުމަކީ މިއަދު އަޅުގަނޑުމެން ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން. މި ޤާނޫނުގެ 58ވަނަ މާއްދާގައި ބުނަނީ މިގޮތަށް ދެވޭ ބޯހިޔާވަހިކަމެއް ކުއްޔަށް ދިނުމަކީ މަނާކަމެކޭ. އެހެންވީމަ މި ޤާނޫނުއައުމާއެކު ކުއްޔަށް ދިނުން މަނާވާނެ. އަދި ކުއްޔަށްދޭނަމަ ޖޫރިމަނާކުރެވި އެތަން އަތުލެވޭ ހިސާބަށް މި ޤާނޫނު ތަނަވަސްކޮށްދޭ،” މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ޤާނޫނެއް ރާއްޖެއަށް މުހިންމު ކަމަށާއި ޤާނޫނެއް އަޔަސް އެ ޤާނޫނުގައިވާ ކަންކަން ތަންފީޒުކުރެވޭތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ގެދޮރުވެރިކަމަކީ ސިޔާސީ ހަތިޔާރަކަށް ހެދުން ހުއްޓުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
“ކޮންމެ ރައްޔިތަކުވެސް މިއަދު ތިބީ އެ ރައްޔިތަކު ތިބި ފަސްގަނޑަކުން ބޯހިޔާވަހިކަން ލިބޭނެ ދުވަހެއްގެ އުއްމީދުގައި. ހަގީގަތުގައިވެސް މިއަދު މާލެސިޓީގައި ދެލައްކައަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާއިރު ގިނަ ރައްޔިތުން ދިރިއުޅެނީ ވަރަށް ހާލުގައި،” ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ބިލު ދިރާސާކުރުމުގެ މަރުހަލާގައި އިތުރު އިސްލާހުތައް ގެނައުމަށްވެސް މެންބަރުން ވަނީ ލަފާ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
