
އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތަޢުރީފުކުރައްވައިފިއެވެ. ރާއްޖެ-މެލޭޝިޔާ އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ތަރައްޤީވެ ކުރިއަރައި ދިއުމުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިއަދު ބޭއްވި ބައްދަލުވުމުން ފާހަގަވި ކަމަށެވެ. އަދި ރާއްޖެ ވަނީ ތަރައްޤީއާއި އިޤުތިޞާދީ ގޮތުން އައު މިޞްރާބަކަށް ޖަހާފައިކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި، ތިމާވެށްޓާއި ރައްޓެހި ތަރައްޤީއެއް ގެނައުމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަވާ ކަމަށެވެ. އަދި ތަރައްޤީގެ އައު ސިޔާސަތުތަކުގެ ތެރެއިން ޑިޖިޓަލްއާއި އޭއައި ބޭނުންކޮށްގެން ފަންނިއްޔާތުގެ ދާއިރާއިން ކުރިއަރާ ދާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިންވެސްޓްމަންޓް ފޯރަމާ ގުޅޭގޮތުން ބޮޑުވަޒީރު ވިދާޅުވީ ތަރައްޤީ ހޯދުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު، މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދޭ ކަމަށެވެ. އަދި މެލޭޝިޔާގައިވެސް ރާއްޖޭގެ އިންވެސްޓަރުންނަށް ވިޔަފާރީގެ އެކި ފުރުޞަތުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ އައު ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަރާ ދާންވީ ވަގުތު. އެއީ ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާވެސް ހިމެނޭހެން. ދެ ޤައުމުގެ އިންވެސްޓަރުންނަށް ވެސް މި ހުޅުވެނީ އައު މާކެޓުތަކެއް. އަޅުގަނޑު އެދެނީ ދެ ޤައުމުގެ މި ގުޅުން ވަރުގަދަ ކަމާއެކީ ދެމެހެއްޓުމަށް.” މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ދާއިރާތަަކަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވާއިރު، ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ޞިއްޙީ ދާއިރާ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
