
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ގިނަ އަދަދެއްގެ މަންދޫބުންނާއިއެކު އަރަބިއަން ޓްރެވެލް މާކެޓް ފަށައިފިއެވެ. މިއަހަރު ފެއަރ ކުރިއަށްދާނީ މިމަހުގެ 28 އިން މޭއި މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ. ރާއްޖެއިން މިއަހަރު ފްލެގްޝިޕް ފެއަރގެ ގޮތުގައި މި ފެއަރގައި ބައިވެރިވާއިރު މި ފެއަރގައި ރާއްޖެ 110 ކުންފުންޏަކުން 235 މަންދޫބުން ތަމްސީލް ކުރެއެވެ. މި އަހަރުގެ އޭޓީއެމް ފެއަރ ކުރިއަށް ގެންދަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. މި ފެއަރގައި ފަތުރުވެރިިކަމާއި ތިމާވެެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އަދި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިބްރާހިމް ޝިއުރީ އަދި އެކުންފުނީގެ އިސްފަރާތްތައް ވަނީ ބައިވެރިވެވަޑެގެންފައެވެ.
އޭޓީއެމް ފެއަރ ފަށާފައިވަނީ ރާއްޖެ ގަޑިން 12:00 ޖެހިއިރުއެވެ. މި ފެއަރ ހުޅުވި ވަގުތު އެމިރޭޓްސް އެއަރލައިން ޗެއަރމަން ޝެއިޙް އަހުމަދް ބިން ސަޢީދު އަލް މާޙްތޫމް ވަނީ ރާއްޖެގެ ޕެވިލިއަން ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމްއެވެ.

ދުބާއީގައި 4 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއަރގެ ހަވާސާގެ ތެރެއިން ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ. އޭޓީއެމް މިފަހަރު ފެއަރގެ ތެރެއިން މޯލްޑިވިއަން އިވްނިން ވެސް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގެ ތެރެއިން ފަންނުވެރިންގެ ހުނަރު ދައްކާލުމާއި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތަކީ މި ފެއަރގެ ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ވިޔަފާރިތަކާއި ވިޔަފާރިތައް ގުޅުވާ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މުހިންމު މަސައްކަތްތަކެ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
