
ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިންމުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް – މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގައިވެސް އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި ކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުުރުވިސްނުންފުޅާ އެކު ޚާއްސަ މަގުޗާޓެއްގެ ދަށުން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާޞިލުވުމަށް އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން ވަރަށް މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ބޭރު އިންވެސްޓަރުންނަށް ރާއްޖެ ފަހިކުރުމަށް ޚާއްސަ ޤާނޫނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނާއެކު ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަން ލިބި، ހާމަކަމާއެކު ވިޔަފާރިކޮށް، ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ދައުރެއް އަދާކުރުމުގެ މަގު ފަހިވާނެކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. “އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިވާނެ. އަދި ކުރިއަށް އޮތް ތަނުގައި އިޤުތިޞާދީ ދާއިރާއިން ގުޅިގެން ކުރިއަރާ ދިއުމަށް މަގު ފަހިވާނެ.” ވަޒީރު ވިދާޅުވިއެވެ.

މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓެންކޫ ވިދާޅުވީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 2024 ވަނަ އަހަރު އޭގެ ކުރީ އަހަރަށްވުރެ 4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން މި ފޯރަމާއެކު ވިޔަފާރީގެ މުޢާމަލާތްތައް އަދިވެސް އިތުރުވެ، ދެ ޤައުމުގެ ވިޔަފާރިވެރިންނަށްވެސް އަނެއް ޤައުމުގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމުގެ މަގު ފަހިވާނެކަން މެލޭޝިޔާގެ އިންވެސްޓްމެންޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
“މެލޭޝިޔާއަކީ ދުނިޔޭގައި ހަލާލް އިންޑަސްޓްރީގެ އެންމެ ކުރީގައި އުޅޭ އެއް ޤައުމު. އިސްލާމީ އުޞޫލުތަކުގެ ތެރެއިން ކާ ތަކެތި އުފެއްދުމާއި ވިއްކުމުގެ ދާއިރާއިން ރާއްޖޭގެ އިންވެސްޓަރުންނަށްވެސް މެލޭޝިޔާގައި ފުރުޞަތުތައް އެބަހުރި. އަދި މެލޭޝިޔާގެ އެކި ބްރޭންޑްތައް ރާއްޖޭގައި ހުޅުވެމުންދާތަންވެސް ދަނީ ފެންނަމުން.” ޓެންކޫ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ގެންދަވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ-މެލޭޭޝިޔާ އިންވެސްޓްމެންޓް ފޯރަމް މިހާރު ފަށާފާވާއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި މިހާރު ވަނީ ސޮއިކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
