
ރާއްޖޭގެ ފަންސާހަށްވުރެ ގިނަ މަޝްރޫޢަށް އިންވެސްޓުކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް – މެލޭޝިއާ ބިޒްނަސް ފޯރަމްގެތެރެއިންނެވެ. ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ހާމަކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމްގެތެރެއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ ބިޔަ މަޝްރޫޢުތަކަށް އިންވެސްޓުކުރުމަށް ހުޅުވާލާފައެވެ. މެލޭޝިއާގެ ގިނަ ޢަދަދެއްގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވި މިފޯރަމްގައި 52 މަޝްރޫޢަކަށް އިންވެސްޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.
އިންވެސްޓަރުންނަށް ހުޅުވާލި ބައެއް މަޝްރޫޢުތަކުގެ ދާއިރާތަކުގެ ތެރޭގައި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ޞިއްޙީ ދާއިރާ، މަތީތަޢުލީމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، އެއަރޕޯޓުތައް ތަރައްޤީކުރުން، ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގެ އިތުރުން ހަކަތައިގެ ދާއިރާއާއި، ކްރިއޭޓިވް އިކޮނޮމީއާއި، ބޭންކިން އެންޑް ފައިނޭންސިންގެ ދާއިރާއާއި، އައިސީޓީ ދާއިރާއެވެ. މީގެއިތުރުންވެސް އެހެން ބައެއް ދާއިރާތައްވެސް އިންވެސްޓަރުންނަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
އިންވެސްޓްމަންޓަށް ހުޅުވާލި ބައެއް މަޝްރޫޢުތައް:
1- ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު
2- ގުޅިފަޅު ހިއްކުމާއި ހިމާޔަތްކުރުން
3- އެސްއެމްއީ އަދި އެސްއޯއީ އޮފީސް ބިލްޑިންގ
4- ދަރުބާރުގެ ކޮންވެންޝަން ސެންޓަރ ތަރައްޤީކުރުން
5- މަލްޓިލެވެލް ޕާކިންގ ބިލްޑިންގތައް އެޅުން
6- މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ތަރައްޤީކުރުން
7- ކުޑަހުވަދޫ، މާމިގިލި ޕޯޓު ތަރައްޤީކުރުން
8- ހއ. އުލިގަމު ޔޮޓުމެރީނާ ތަރައްޤީކުރުން
9- ލާމު މެރިޓައިމް ހަބު ތަރައްޤީކުރުން
މީގެ އިތުރުން ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ސިއްޙަތުގެ ދާއިރާ ފުޅާކުރުމާއި ފާމަސޫޓިކަލްގެ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ އިތުރުން ރައީސްގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫޢުތަކެއްވެސް ހިމެނެއެެވެ. މިގޮތުން ޓޫރިޒަމް ޓްރެއިން ފެސިލިޓީ ތަރައްޤީކުރުމާއި، ނޭޝަނަލް އާޓް ސްކޫލެއް ތަރައްޤީކުރުމާއި، މެޑިކަލް ސްކޫލް ޓީޗިން ހޮސްޕިޓަލަކާއެކު ތަރައްޤީކުރުމާއި، ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ކޮލެޖާއި، މެޑިކަލް ޓޫރިޒަމް އަދި ސްޕޯޓްސް ފިޝިންގެ ދާއިރާ ތަރައްޤީކުރުންފަދަ މަޝްރޫޢުތައްވެސް ހިމެނެއެވެ.

މި ބިޒްނަސް ފޯރަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މީގެ ކުރިން ބޭއްވި ބިޒްނަސް ފޯރަމްގެ ތަރުހީބަށް ބަލައި، މިފަހަރުވެސް ރައީސްގެ ވަޢުދުތަކާ ގުޅޭ ގިނަ މަޝްރޫޢުތަކެއް އިންވެސްޓަރުންނަށް ހުޅުވާލާފައިވާކަމަށެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި އިންވެސްޓަރުން ކުރިއަށްގެންދާނެ މަޝްރޫޢުތަކާއި، ދިވެހި ވިޔަފާރިތަކާ ގުޅިގެން ހިންގޭނެ މަޝްރޫޢުތަކާއި، ސަރުކާރާ ގުޅިގެން ހިންގޭނެ މަޝްރޫޢުތައްވެސް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ މިހާރު އެނގޭނެ ކޮބައިކަން މަޝްރޫޢަކީ، އިންވެސްޓްމަންޓަށް ބޭނުންވާނީ ކިހާވަރެއްގެ ފައިސާއެއްކަން، އަދި ކިހާ ދުވަހެއް ނަގާނެކަން އެ މަޝްރޫޢަށް، އޭގެފަހުން ޕާޓްނާރވާ ފަރާތަށް ނުވަތަ ފައިނޭންސްކުރާ ފަރާތަށް، ނުވަތަ ފައިނޭންސްޝިއަލް އިންސްޓިޓިއުޓަކަށް ނުވަތަ ވިޔަފާރިއަށް ލިބޭނެ ފައިދާ އަދި ޕޭބެކް ކޮމިޓް ފުލް ޝެޑިއުލް. އަދި ފޮރިން އިންވެސްޓްމަންޓެއް ރާއްޖޭގައި ރަޖިސްޓްރީކުރެވޭނެ ހުރިހާ ތަފްސީލްތަކެއްވެސް.” އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މީގެކުރިންވެސް ވަނީ ރައީސްގެ އެކި ދަތުރުފުޅުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވާފައިވާއިރު، ދުބާއީ، އަދި ޗައިނާގައިވެސް ބިޒްނަސް ފޯރަމް މީގެކުރިން ބާއްވާފައިވެއެވެ. ސަރުކާރުން އަންނަނީ އިތުރު ބައެއް ޤައުމުތަކުގައިވެސް މިފަދަ ފޯރަމްތައް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
