
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރިޔަށް އޮތް އެފްއޭއެމްގެ ލީގް ކަޕް ފުޓްބޯޅަ މުބާރާތަށް އައު ސްކޮޑެއް އެކުލަވާލާ ފަރިތަކުރުންތައް ފަށައިފިއެވެ. ހޯމަދުވަހުގެ ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނާއި ނިއުގެ ކޯޗިން ސްޓާފުންނާއި ވަނީ ޖޯޒީ ހަވާލުކޮށްފައެވެ. އަދި ކުރިޔަށް އޮތް ލީގް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިއަދު އެ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ނިއުގެ އާ ސްކޮޑްގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ތަޖްރިބާ ހުރި އަދި މިދިޔަ އަހަަރު ބޭއްވި ގޯލްޑް ކަޕްގައި ފެނިގެން ދިޔަ ހުނަރުވެރި ކުޅުންތެރިންތަކެކެވެ. އެ ކުލަބުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ހެންވޭރު ދަނޑުގައެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު، އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.

ކޯޗު ބުނީ އާ ސްކޮޑާއިމެދު އިތުބާރު އެބައޮތްކަމަށާއި، މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފަރިތަކުރުންތަށް ބާއްވައިގެންވެސް އެފްއޭމުން ބާއްވާ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. ނިއުރޭޑިއަންޓަށް މުބާރާތެއް ކުޅެން ފުރުސަތު މިލިބުނީ ވަރަށް ދުވަސްކޮށްފަ ކަމަށާއި، އެހެންނަމަވެސް ކުރިޔަށް މިއޮތް މުބާރާތުގައި ކާމިޔާބު ހޯދަން ވަރަށް މަސައްކަތް ކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ. އަދި ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ކިބައިން އެދޭ އެދުމަކީ ނިއުގެ މެޗުތައް ބަލާ ހެޔޮއެދޭ ފަރާތްތަކުން އެކުލަބާއެކު މަސައްކަތް ކޮށްދިނުން ކަމަށް ކޯޗު ބުންޏެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަހުމަދު މުބީން ބުނީ މިނިކުންނަނީ އާ ހިތްވަރަކާއެކު ފުރަތަމަ ޑިވިޝަނަށް ކުލަބު ގެންދިއުމަށް ކަމަށެވެ. އަދި ނިއުރޭޑިންޓްގެ ސަޕޯޓަރުންނާ އެކު އެ ކުލަބުން އަލުން ފުޓްބޯޅައިގެ ފޯރި ގެނެސް ދަނޑަށް ސަޕޯޓަރުން ވައްދާނެ ކަމަށެވެ. ނިއުރޭޑިއަންޓުގެ އާ މެނޭމަންޓުން މިސްރާބު ޖަހާފައިވަނީ އެކުލަބުގެ ދަރަނިތައް ހަލާސްކޮށް ކުރީގެ ނިއުރޭޑިއަންޓް އަލުން ދިވެހި ފުޓްބޯޅައިގެ ރަސްކަމަށް ގެނައުމަށެވެ. އަދި ސަޕޯޓަރުންގެ ފޯރި ފުޓްބޯޅައަށް ގެނެސް އަލުން ދިވެހި ފުޓްބޯޅަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަށް ހަދާ ކުރީގެ ފުޓްބޯޅަ ފޯރި އަލުން ގެނައުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
