
އިނގިރޭސިވިލާތުގެ އާސެނަލް އާއި ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގައި އެއްގޮތް ކަންތައްތައް ގިނަ ނަމަވެސް މޮޅީ އޭނާގެ ޓީމު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. އޭނާ މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ދެ ޓީމު މިރޭ ދަންވަރު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ބާސެލޯނާ އަށް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ އާސެނަލް އަކީ ޕީއެސްޖީ ފަދައިން ކުޅޭ ޓީމެއް ކަމަށެވެ.
“އެމީހުން ބިނާ ވެފައި އޮތީ ޓީމެއްގެ ގޮތުގައި. އެކުވެގެން އެމީހުގެ ވަރުގަދަކަން ފެންނަނީ. މިކަން އެމީހުން އެޓޭކް ކުރާއިރާއި ޑިފެންސް ކުރާއިރު ފެންނާނެ. އެމީހުން ހުރިހާ ކަމެއް ވެސް ކުރަނީ ޓީމެއްގެ ގޮތުގައި. ހަމަ ޔަގީން އެމީހުންގެ އެބަތިބި އެންމެ މަތީ ފަންތީގެ ކުޅުންތެރިން އަހަރުމެން ފަދައިން. އެކަމަކު އެމީހުން އެންމެ ކުޅުންތެރިއަކަށް ބިނާވެގެން ނުތިބޭ މުޅި ސީޒަނުގައި އެމީހުންގެ އިންޖަރީތަކެއް އެބަހުރި. އެކަމަކު އެމީހުން އެދަނީ އެންމެ މަތީ ފެންވަރުގައި ޕާފޯމް ކުރަމުން،” ކޯޗު ބުންޏެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީ އައީ އިނގިރޭސި ދެ ޓީމެއް ބަލިކޮށްފަ އެވެ. އެއީ އެސްޓަންވިލާ އާއި އިނގިރޭސި ޗެމްޕިއަން ލިވަޕޫލެވެ. އެންރީކޭ ބުނީ އާސެނަލް އާއި އޭނާގެ ޓީމުގެ ތަފާތު ބަލައިފި ކަމަށާއި އޭނާގެ ނަޒަރުގަ ޕީއެސްޖީއަކީ މާމޮޅު ޓީމެއް ކަމަށެވެ. “އަހަރުމެންނަކީ ހުރިހާ ކަމަކަށް ބަލާއިރު މާ ފުރިހަމަ ޓީމެއް. މިހާރު އަހަރުމެން ބޭނުންވަނީ ތާރީހުގައި އެކަން ލިޔެކަން،” އެންރީކޭ ބުންޏެވެ. ސެމީ ފައިނަލަށް ނުކުންނައިރު ޕީއެސްޖީ ވަނީ ފްރާންސްގެ ލީގުގެ ޗެމްޕިއަންކަން ވެސް ދިފާއުކޮށްފަ އެވެ. މިއީ ކީލިއަން އެމްބާޕޭ އާއި ލަޔޮނަލް މެސީ އާއި ނޭމާ ފަދަ ތަރިން ދޫކޮށްލުމަށްފަހު ޕީއެސްޖީ ޔޫރަޕުގެ ގަދަ ހަތަރެއްގެ ތެރެއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިހެންވެ އެންރީކޭ ދެކެނީ މިއީ އެކުލަބުގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިކަމަށް މިސާލު ދައްކަމުން އޭނާ ބުނީ ކުއާޓާ ފައިނަލުގައި ސްޕޭނުގެ ބާސެލޯނާ އަށްވުރެ ޕްރެޝަރު ބޮޑުވީ ވެސް ޕީއެސްޖީ އަށް ކަމަށާއި ނަމަވެސް އޭނާގެ ޓީމު ސެމީ ފައިނަލުގައި އޮތީ ޕްރެޝަރުން އަރައިގަންނަން އެނގި އެކަމަށް ކުރާ މަސައްކަތުގެ ރޭޓް ރަނގަޅުވުމުން ކަމަށެވެ. ސެމީ ފައިނަލުން މޮޅުވެއްޖެނަމަ ފައިނަލުގައި ވާދަކުރަން ޖެހޭނީ ސްޕޭނުގެ ބާސެލޯނާ ނުވަތަ އިޓަލީގެ އިންޓަމިލާނާ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
