
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެލޭޝިޔާއާއެކު ބޭއްވި މަޝްވަރާތަކުން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން ދޮރުތައް ހުޅުވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމާއި ރާއްޖެއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ސްޓޭޓްމެންޓުގައި ފުރަތަމަވެސް މެލޭޝިޔާއަށް ވަޑައިގަތުމުން އެ ޤައުމުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މެލޭޝިޔާއާއެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރިތާ މިވީ 57 އަހަރުގެ ތެރޭގައި އެ ޤައުމުން ރާއްޖެއަށް ވެފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. “ދިވެހިން ތަމްރީންކުރުމަށް މެލޭޝިޔާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވޭ. މެލޭޝިޔަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގުރާމްގެ ދަށުން ރާއްޖޭގެ ސިވިލް ސާވަންޓުން ތަމްރީންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވޭ. މިހާރުވެސް 600 އަށްވުރެ ގިނަ ސްކޮލަރޝިޕް މެލޭޝިޔާގައި ކިޔެވުމަށް ވަނީ އެވޯޑުކޮށްފައި.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ވެރިންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މުހިންމު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އެ ގޮތުން ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކުޅިވަރާއި ފައިނެންޝަލް ސަރވިސަސްގެ ދާއިރާގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމާ މެދު މިހާރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ނޫންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރެވި، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކުގެ ތެރެއިން ދޮރު ހުޅުވުނުކަމަށް ރައީސް ވިދާޅުވިއެވެ.
“އެއްބަސްވުމުގައި ސޮއިކުރެވުނު ދާއިރާތަކަކާއެކު ރާއްޖެއަށް ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ. މީގެ އިތުރުންވެސް ޑިފެންސްގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓަލެޖެންސް، ސައިބަރ ސެކިޔުރިޓީގެ ދާއިރާއިން ގުޅުންބަދަހިކުރަން ބޭނުންވާކަމަށް ވިދާޅުވިން.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާ ބެހޭގޮތުން މެލޭޝިޔާގެ އިންވެސްޓަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންއާއި ރާއްޖޭގެ ޑިޖިޓަލް އަދި މެރިޓައިމް އިކޮނޮމީއާއި ފައިނެންޝަލް ސަރވިސަސްތަކުގައި އިންވެސްޓްކުރުމަށް އޮތް ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ރާއްޖޭގެ އިންވެސްޓް ފޯރަމްގައި މެލޭޝިޔާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގަންނަވާތީ އެމަނިކުފާނަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށާއި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ޙާސިލުކުރަން ބޭނުންވާ ބައެއް ލަނޑުދަނޑިތައް މަޝްވަރާތަކުގައި ޙިއްސާކުރިކަން ފާހަގަކުރެއްވުމުގެ އިތުރުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ދަޢުވަތުދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
