
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ބަންދަރު ޢައްބާސްގައި ގޮވި ބާރުގަދަ ގޮވުމެއްގައި މަރުވި މީހުންގެ ޢަދަދު 40އަށް އަރައި، ޒަޚަމްވި މީހުންގެ ޢަދަދު 1،200އަށް އިތުރުވެެއްޖެއެވެ. އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ގެންދާ ގިނަ ޢަދަދެއްގެ ކޮންޓެއިނަރުތައް ބަންދަރު ޢައްބާސް ބަނދަރު ހުރަސް ކުރެއެވެ. ބަންދަރު ޢައްބާސްގައި ބާރުގަދަ ގޮވުން ގޮވުމަށް މެދުވެރިވީ އެ ބަނދަރުގައި ރައްކާ ކޮށްފައި ހުރި ކެމިކަލްގައި ރޯވެގެން ކަމަށް ބެލެވެއެވެ. އެ ހާދިޘާ ހިނގާފައި ވަނީ ބަނދަރުގެ ޝާހިދު ރަޖައީ ސަރަޙައްދުގައެވެ. އެ ގޮވުން ގޮވާފައި މި ވަނީ އީރާނުގެ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ޢުމާނުގައި ތިންވަނަ ބުރަކަށް މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެެވެ. ނަމަވެސް ބަނދަރުގައި ހިނގި ހިތާމަވެރި ހާދިޘާއާއި ނިޔުކްލިއަރ މަޝްވަރާތަކާ ގުޅުމެއް ވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ބަނދަރުގައި ގޮވި ގޮވުމުގެ ސަބަބުން އެ ބަނދަރުގެ އެކި ސަރަޙައްދުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އެ އަލިފާންގަނޑުތައް ނިއްވާލުމަށްޓަކައި ހެލިކޮޕްޓަރުތަކުގެ ބޭނުން ހިފައި، ގިނަ ޢަދަދެއްގެ އަލިފާން ނިވާ މީހުން މަސައްކަތް ކުރަމުންދިޔަައެވެ. ބަނދަރުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިއްވާލައިފައެވެ. ބަނދަަރުގައި ބާރުގަދަ ގޮވުމެއް ގޮވުމަށް މެދުވެރިވި ސީދާ ސަބަބު ސާފުވެފައެއް ނުވެއެވެ. އެ ހާދިޘާ މެދުވެރިވީ މިސައިލް ހެދުމަށް ބޭނުން ކުރާ ގަނޑު ތެޔޮ ފަރުވާކުޑަ ކޮށް ރައްކާކުރުމުގެ ސަބަބުން ކަމަށް ބުނާ ރިޕޯޓުތައް އީރާނުގެ ދިފާޢީ ވުޒާރާއިން ވަނީ ދޮގު ކޮށްފައެވެ. ދިފާޢީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ އެ ވާހަަކަތަކަކީ އީރާނުގެ ހަތުރުން އެ ޤައުމުގެ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ތުހުމަތުތަކަށް ބާރު ދިނުމަށް ފަތުރަމުންދާ ތުހުމަތުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ގޮވުން ހިނގި ސަރަޙައްދުގައި އެއްވެސް އަސްކަރީ މުދަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ސަލާމަތީ ކުންފުންޏެއް ކަމަށްވާ އެމްބްރެއާއަށް ހަވާލާދީ ބައެއް ނޫސްތަކުން ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ބަންދަރު ޢައްބާސް ބަނދަރަށް ސޯޑިއަމް ޕަކްލޮރޭޓްގެ ޝިޕްމަންޓެއް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ސޯޑިއަމް ޕަކްލޮރޭޓަކީ ބެލިސްޓިކް މިސައިލް ފޮނުވުމަށް ބޭނުން ކުރާ ވަރުގަދަ ކެމިކަލެކެވެ. އެ ފަދަ ކެމިކަލެއް ގެންގުޅުމުގައި ފަރުވާކުޑަ ކުރެވިއްޖެ ނަމަ ބާރުގަދަ ގޮވުމެއް މެދުވެރިވެދާނެ ކަމަށް އެ ނޫސްތަކުން ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް މެދުރާސްތާއަށް ދަތުރުކުރެވޭ މިސައިލުގެ 260 މިސައިލު ފޮނުވޭ މިންވަރަށްވަރަށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޗައިނާއިން އީރާނަށް ކެމިކަލް ގެނެސްފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތެރޭގައި އީރާނުން އިޒްރޭލަށް ދީފައިވާ މިސައިލް ޙަމަލާތަކަށް ފަހު އީރާނުގައި ކެމިކަލް ހުރި މިންވަރު އިތުރު ކުރުމަށް ގެނެސްފައިވާ ޝިޕްމެންޓެއް ކަމަށް ބެލެވެއެވެ.
އީރާނުގެ ކްރައިސިސް މެނޭޖްމަންޓް އިދާރާގެ ތަރުޖަމާނު، ޙުސައިން ޒަފާރީ ވެސް މީގެ ކުރިން ވިދާޅުވީ ގޮވުން މެދުވެރިވީ ޝާހިދު ރަޖާއީގައި ހުރި ކޮންޓެެއިނަރުތަކުގައި ހުރި ކެމިކަލް ފަރުވާކުޑަ ކޮށް ރައްކާ ކޮށްފައި ހުރުމުގެ ސަބަބުން ކަމަށެވެ. މީގެ ކުރިން ކްރައިސިސް މެނޭޖްމަންޓުން އެ ބަނދަރަށް ކުރި ޒިޔާރަތްތަކުގައި ކޮންޓެއިނަރުތަކުގައި ކެމިކަލް ރައްކާ ކޮށްފައި ހުންނަ ނުރައްކާތެރި ގޮތް ފާހަގަ ވެ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް، ނުރައްކާތެރި ހާދިޘާއެއް ހިނގާފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަ ވެސް އީރާނު ސަރުކާރުގެ ތަރުޖަމާނު ފާޠިމާ މުހާޖަރާނީ ވަނީ ގޮވުމާ ގުޅޭގޮތުން އަވަސް އަރުވާލައިގެން ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ އެ ގޮތަށް ޢަމަަލު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ކަން ހިނގި ގޮތް ރަނގަޅަށް ބަލައި، އޭގެ ހޯދުންތައް ފަހުން ޙިއްޞާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި އީރާނުގެ ހަކަތައާއި ސިނާއީ ބިނާރުތަކުގައި ހިތާމަވެރި ގިނަ ހާދިޘާތައް ހިނގާފައިވެއެވެ. ގިނަ ހާދިޘާތައް މެދުވެރިވެފައި ވަނީ ފަރުވާކުޑަކަމުގެ ސަބަބުން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނިންމައިފައެވެ. ފާއިތުވި ކައިރި މާޒީގައި ހިނގާފައިވާ ބައެއް ހާދިޘާތަކުގެ ތެރޭގައި ތެޔޮ ރިފައިނަރީތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިޘާތަކާއި މައިނެއްގައި ގޭސް ގޮވުން ހިމެނެއެވެ.
އީރާނުން ވަނީ މި ފަދަ ބައެއް ހާދިޘާތަކަކީ ޔަހޫދީން ދީފައިވާ ޙަމަލާތައް ކަމުގައި ބުނެފައެވެ. ފާއިތުވި އަހަރުތަކުގައި ޔަހޫދީން ވަނީ އީރާނުގެ ނިޔުލްލިއަރ މަޝްރޫޢުއަށް އަމާޒު ކޮށް އެ ޤައުމަށް ޙަމަލާތަކެއް ދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާޢުތަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. އީރާނުން ބުނީ މިިިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ގޭސް ހޮޅިތަކަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، 2020ވަނަ އަހަރުގެ ތެރޭގައި ޝާހިދު ރަޖާއީގެ ކޮމްޕިޔުޓަރުތަކަށް ސައިބާ ޙަމަލާއެއް ވެސް ދީފައިވެއެވެ. އެ ޙަމަލާއަކީ ވެސް ޔަހޫދީން ދީފައިވާ ޙަމަލާއެއް ކަމަށް ބެެލެވެއެވެ. ބަންދަރު ޢައްބާސްގައި ހިނގާަފައިވާ ގޮވުމުގައި އިޒްރޭލުގެ އަތެއް ވޭތޯ ސުވާލު ކުރުމުން އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫގެ އިދާރާއިން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.
ޔަހޫދީން ވަނީ އީރަނުގެ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކާ މެދު ނުތަނަވަސްވާ ކަމަށް ބުނެފައެވެ. ޔަހޫދީން ބޭނުން ވަނީ އީރާނުގެ ނިޔުކްލިއަރ މަޝްރޫޢު ދާއިމީކޮށް ހުއްޓުމަކަށް ގެންނާށެެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުގެ ނިޔުކްލިއަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
