
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމާ ގުޅޭ އައު އެއްބަސްވުމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އައްޘާނީ ވިދާޅުވެއްޖެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 51،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޤަޠަރާއި މިސްރާއި އެމެރިކާގެ އެހީތެރިކަމާއެކު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދުވަސްކޮޅަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓާލައިފަައިވެއެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސްއަޅައިފައެވެ. އެހެން ކަމުން ޣައްޒާއިން މިހާރު ވަނީ އެއްކޮށްހެން ކާބޯތަކެތި ވެސް ހުސްވެފައެވެ. އަދި ޣައްޒާގެ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.
ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވީ ޢުދުވާން ހުއްޓާލުމާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް އާދެވޭނީ ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެެވެ. އެންމެ ފަހުން ބޭއްބި މަޝްވަރާތަކުގައި އޭގެ ކުރިން ބޭއްވި މަޝްވަރާތަކާ އަޅާބަލައިއިރު ކުރިއެރުން ލިބިފައިވާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެންމެ މުހިންމު ސުވާލު ކަމުގައިވާ ހަނގުރާމަ ހުއްޓާލާނެ ގޮތާ ގުޅޭގޮތުން އުފެދިފައިވާ ސުވާލަށް ޖަވާބެއް އަަދި ވެސް ހޯދިފައި ނުވާ ކަމަށެވެ. މަޝްވަރާތަކުގެ މައިގަނޑު މަޤްސަދަކީ ވެސް އެ ސުވާލަށް ޖަވާބެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ކުރިއެރުން ލިބިފައި ވަނީ ކޮން ދާއިރާތަކަކުން ކަމެއް ޝައިޚް އައްޘާނީ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާތަކުގައި ކުރިއެރުން ހޯދުމުގައި ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމަކީ ޙަމާސާއި ޔަހޫދީންނަށް މަޝްވަރާތައް މެދުވެރި ކޮށް ނެރެން ބޭނުންވާ ނަތީޖާއާމެދު އެއްބަސް ނުވެވުން ކަމުގައި އޭނާ ވިދާޅުވިއެވެ. ޙަމާސުން ބޭނުން ވަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނާށެވެ. އެ ގޮތަށް ޔަހޫދީން އެއްބަސްވާ ނަމަ އެ ޖަމާަޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ. ނަމަ ވެސް ޔަހޫދީން ބޭނުން ވަނީ ހަނގުރާމަ ނިންމާނެ ވަކި ގޮތެއް ކަނޑަނާޅައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކަން ފިދާންއާއެކު ޤަޠަރުގެ ދައުޙާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އައްޘާނީ ވިދާޅުވީ ދެ ފަރާތުން ވެސް ހާޞިލް ކުރަން ބޭނުން ވަނީ އެއް އަމާޒެއް ނޫން ކަމުގައިވާ ނަމަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮންނަ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވާނެ ކަމަށެެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިދާން ވެސް ވިދާޅުވީ ތުރުކީވިލާތުގެ އިސްވެރިން ޙަމާސާއެކު ބޭއްވި ބައްދަލުވުން ވެސް ފެނިގެން ދިޔައީ ވަގުތީގޮތުން ޙަމަލާ ބަދަލު ކުރުން ހުައްޓައިލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުގެ ބަދަލުގައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުަަމަށް ބޭނުންވާ ކަން ކަމަށެވެ.ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމާ ގުޅޭ އައު އެއްބަސްވުމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އައްޘާނީ ވިދާޅުވެއްޖެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 51،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޤަޠަރާއި މިސްރާއި އެމެރިކާގެ އެހީތެރިކަމާއެކު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދުވަސްކޮޅަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓާލައިފަައިވެއެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސްއަޅައިފައެވެ. އެހެން ކަމުން ޣައްޒާއިން މިހާރު ވަނީ އެއްކޮށްހެން ކާބޯތަކެތި ވެސް ހުސްވެފައެވެ. އަދި ޣައްޒާގެ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.
ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވީ ޢުދުވާން ހުއްޓާލުމާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް އާދެވޭނީ ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެެވެ. އެންމެ ފަހުން ބޭއްބި މަޝްވަރާތަކުގައި އޭގެ ކުރިން ބޭއްވި މަޝްވަރާތަކާ އަޅާބަލައިއިރު ކުރިއެރުން ލިބިފައިވާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެންމެ މުހިންމު ސުވާލު ކަމުގައިވާ ހަނގުރާމަ ހުއްޓާލާނެ ގޮތާ ގުޅޭގޮތުން އުފެދިފައިވާ ސުވާލަށް ޖަވާބެއް އަަދި ވެސް ހޯދިފައި ނުވާ ކަމަށެވެ. މަޝްވަރާތަކުގެ މައިގަނޑު މަޤްސަދަކީ ވެސް އެ ސުވާލަށް ޖަވާބެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ކުރިއެރުން ލިބިފައި ވަނީ ކޮން ދާއިރާތަކަކުން ކަމެއް ޝައިޚް އައްޘާނީ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާތަކުގައި ކުރިއެރުން ހޯދުމުގައި ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމަކީ ޙަމާސާއި ޔަހޫދީންނަށް މަޝްވަރާތައް މެދުވެރި ކޮށް ނެރެން ބޭނުންވާ ނަތީޖާއާމެދު އެއްބަސް ނުވެވުން ކަމުގައި އޭނާ ވިދާޅުވިއެވެ. ޙަމާސުން ބޭނުން ވަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނާށެވެ. އެ ގޮތަށް ޔަހޫދީން އެއްބަސްވާ ނަމަ އެ ޖަމާަޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ. ނަމަ ވެސް ޔަހޫދީން ބޭނުން ވަނީ ހަނގުރާމަ ނިންމާނެ ވަކި ގޮތެއް ކަނޑަނާޅައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކަން ފިދާންއާއެކު ޤަޠަރުގެ ދައުޙާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އައްޘާނީ ވިދާޅުވީ ދެ ފަރާތުން ވެސް ހާޞިލް ކުރަން ބޭނުން ވަނީ އެއް އަމާޒެއް ނޫން ކަމުގައިވާ ނަމަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮންނަ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވާނެ ކަމަށެެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިދާން ވެސް ވިދާޅުވީ ތުރުކީވިލާތުގެ އިސްވެރިން ޙަމާސާއެކު ބޭއްވި ބައްދަލުވުން ވެސް ފެނިގެން ދިޔައީ ވަގުތީގޮތުން ޙަމަލާ ބަދަލު ކުރުން ހުައްޓައިލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުގެ ބަދަލުގައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުަަމަށް ބޭނުންވާ ކަން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
