
ބްރެޒިލްގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯ ނަޒާރިއޯއާ ދެކޮޅަށް އޭނާގެ ކުލަބު ރެއާލް ސޮސިއެޑާޑްގެ ސަޕޯޓަރުން މުޒާހަރާ ހުއްޓާނުލައި ކުރިއަށް ގެންދަން ފަށައިފި އެވެ. އެކުލަބުގެ ސަޕޯޓަރުން ރުޅިގަދަވީ މި ސީޒަނުގައި ވެސް ސޮސިއެޑާޑް ރެލިގޭޓްވުމުންނެވެ. ސްޕެނިޝް ލީގުގެ 20 ކުލަބުގެ ތެރެއިން ސޮސިއެޑާޑް މި ވަގުތު އޮތީ ފުލުގަ އެވެ. ލިބިފައިވަނީ 16 ޕޮއިންޓެވެ. ގެއްލުން 57 ގޯލު އެބައޮތެވެ. މިހެންވެ ޔަގީނުން ވެސް އެ ޓީމަށް މިހާރު ލީގުގެ ގަދަ 17ގެ ތެރޭގައި ހިމެނިގެން އަންނަ ސީޒަނުގައި ލަލީގާގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ އެވެ.
ސޮސިއެޑާޑްގެ ސަޕޯޓަރުން ރޮނާލްޑޯއާ މެދު ނުރުހެނީ އޭނާ ކުލަބު ގަތުމަށްފަހު ކުލަބަށް އިންވެސްޓް ނުކުރާތީ އެވެ. ސްޕޭނުގެ އެންމެ ގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯ މި ކުލަބު ގަތްއިރު ބުނީ ފަސް އަހަރު ތެރޭގައި ޗެމްޕިއަންސް ލީގު ކުޅެވޭ ފެންވަރަށް ކުލަބު ކުރިއަރުވާނެ ކަމަށެވެ. މި މުއްދަތު 2024 ވަނަ އަހަރަށް ފާއިތުވިއިރު އެކުލަބު ވަނީ އޭނާގެ ޒައާމަތުގައި ތިން ފަހަރު ރެލިގޭޓްވެފަ އެވެ. އެކުލަބުގެ ސަޕޯޓަރުން ބުނަނީ ރޮނާލްޑޯ ކުލަބަށް އަޅާނުލާ ކަމަށާއި ސޮސިއެޑާޑް ކުޅޭ ގިނަ މެޗުތަކުގައި އޭނާ ދަނޑުން ނުފެނުނެމަކީ އޭގެ ހެއްކެއް ކަމަށެވެ.
މިހެންވެ ސަޕޯޓަރުން ދަނީ އޭނާގެ އިސްތިއުފާ ދިނުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް މިކަމާމެދު ރޮނާލްޑޯ އަދި ވަކި އެއްޗެއް ނުބުނެ އެވެ. ބްރެޒިލަށް ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފޯވަޑެވެ. އަދި ފީފާގެ ރަސްމިއްޔާތުތަކުގައި ވެސް މިހާރު އެންމެ އިސްކޮށް ބައިވެރިކުރުވާ ކުރީގެ ލެޖެންޑަކީ އޭނާ އެވެ. ދާދި ފަހުން ރޮނާލްޑޯ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ވެސް ކުރިމަތިލާން ކެމްޕޭންކޮށްފަ އެވެ. ނަމަވެސް އެކަން އޭނާ އަށް ނާކާމިޔާބުވީ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ މާބޮޑަށް ބާރުގަދަވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
