
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 82 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 67 ޕޮއިންޓް ލިބިފައިވާއިރު ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.
މި މެޗަށް ނިކުތްއިރުވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލް އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އެލެކްސިސް މެކަލިސްޓަރ ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޯޑި ގެކްޕޯ އެވެ. މި ލަނޑާއެކު ލިވަޕޫލްގެ ސަޕޯޓަރުންގެ ފޯރި ވަނީ ގަދަވެފަ އެވެ. މި މެޗުގައި ލިވަޕޫލް އިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ މުހައްމަދު ސަލާ އެވެ. މި ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރުމުގެ ތެރޭގައި އޭނާ ވަނީ ސެލްފީއެއް ނަގާފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ޓޮޓްނަމް ހޮޓްސްޕަރގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 5-1 އަށް ބަދަލުވެފަ އެވެ.
މި މެޗުން މޮޅުވެ ލިވަޕޫލް އަށް ޗެމްޕިއަންކަން ލިބުނު އިރު މިއީ 1990 ވަނަ އަހަރަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އަށް ލިބުނުއިރު ކޮވިޑްގެ ޕެންޑެމިކާއި ގުޅިގެން އެ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 35 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލިވަޕޫލް އިން ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު, މި މެޗަށް ފަހު ލިވަޕޫލްގައި ވަނީ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
