
(ފޮޓޯ ކްރެޑިޓްސް: ވެލާނާ އެއާރޕޯޓް)
ސަރުކާރުން ވެދިން އެހީތެރިކަމާއެކު 21 އަހަރުގެ މަރިޔަމް ޔުމުނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފިއެވެ. މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމުނު ފެނިފައިވަނީ އެދުވަހުގެ 07:23 އެހާއިރުއެވެ. އެތަނުން ޔުމުނު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާތަނަށް އޭނާއަށް ފަރުވާ ދީފައިވަނީ އެހޮސްޕިޓަލުންނެވެ. ލިބިފައިވާ އަނިޔާތަކާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ އަށް ދެން ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ. އާއިލާގެ އެދުމުގެ މަތިން ބޭރަށް ގެންދަން ޑޮކްޓަރުން ހުއްދަ ދެއްވުމުން ސަރުކާރުން ވެދެެއްވި އެހީތެރިކަމާވެސްއެކު މިހާރު އޭނާ ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ.
މެލޭޝިޔާއަށް ޔުމުނު ގެންދިއުމަށްޓަކައި ބޭނުންވާ ޚަރަދުގެ ގޮތުގައި ސަރުކާރުން ވަނީ ޓިކެޓް ފައިސާވެސް ހިމެނޭގޮތަށް 25،000 ޑޮލަރު އެންސްޕާ މެދުވެރިކޮށް ހަމަޖައްސަވާފައެވެ. އެއީ ޔުމުނުގެ ފަރުވާއަށް ބޭނުންވާ މިންވަރުގެ އެއްބައިކަމަށްވުމާއެކު އާއިލާއާ ހެޔޮއެދޭ ފަރާތްތަކުން ވަނީ އެހެނިހެން ގޮތްގޮތުންވެސް ފައިސާ ހޯދުމުގެ މަސައްކަތްކޮށްފައެވެ. ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އޭނާ ވެއްޓުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަމުންދާއިރު، މި މައްސަލައިގަ އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. މިމައްސަލައިގަ މިމަހުގެ 24ވަނަ ދުވަހު ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލް އިތުރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
