
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ އިމިގްރޭޝަން އިދާރާގެ މުވައްޒަފުން ހިންގި އޮޕަރޭޝަނަކަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި އެ ޤައުމުގެ ފަނޑިޔާރެއް ހައްޔަރު ކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އަމުރަށް ހައްޔަރު ކޮށްފައި ވަނީ ވިސްކޮންސިން ސްޓޭޓްގެ މިލްވާކީ ކައުންޓީގެ ސަރކިޓް ކޯޓެއްގެ ފަނޑިޔާރު ހެނާ ޑޫގަންއެވެ. މި ހާދިސާއާ އެކު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި އެމެރިކާގެ ފަނޑިޔާރުގެއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން މި ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ.
ޖަސްޓިސް ޑިޕާޓްމަންޓް (ޑީއޯޖޭ)ން ބުނީ، ފަނޑިޔާރު ޑޫގަން ހައްޔަރު ކޮށްފައި ވަނީ، އިމިގްރޭޝަން އިދާރާގެ އޮފިސަރުން ހިންގަމުން ދިޔަ އޮޕަރޭޝަނަކަށް ހުރަސް އެޅުއްވުމުން ކަމުގައެވެ. އެމެރިކާގެ މައި ތަޙުޤީޤީ އިދާރާ، ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރ ކޭޝް ޕަޓެލް ވިދާޅުވީ، ފަނޑިޔާރު ޑޫގަން ހައްޔަރު ކޮށްފައި ވަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރި މީހަކު ފިލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށުގެ ތުހުމަތުގައި ކަމުގައެވެ. އިމިގްރޭޝަނުން ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ، ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަކޮށް، ދިރިއުޅެމުން ދިޔަ މީހެއް ކަމުގައިވާ ފްލޯރެސް-ރޫއީޒެވެ. އޭނާ ކޯޓު އިމާރާތުން ފިލާފައި ވަނީ ވަލުދޮރޯށިންނެވެ.
އެ ހާދިސާ ހިނގާފައި ވަނީ އޭޕްރިލް 18ވަނަ ދުވަހުއެވެ. އިމިގްރޭޝަންގެ އޮފިސަރުން އެ މީހާ ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ، އޭނާ ކޯޓުގެ ތެރޭގައި ހުއްޓައެވެ. ޕަޓެލް ވިދާޅުވީ، އޭނާ ފިލައިގެން ކޯޓު ދޫކޮށް ދިޔުމަށް ފަނޑިޔާރު ޑޫގަން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމުގައެވެ. “އަޅުގަނޑުމެންގެ އޭޖެންޓުން ވަނީ އެ ކުށްވެރިޔާ [ނުޤަވާޢިދުން ދިރިއުޅެމުން ދިޔަ މީހާ] ހޯދައި ހައްޔަރު ކޮށްފައި، ނަމަވެސް އެ ކަމަށް ހުރަސް އެޅުމަށް ފަނޑިޔާރު މަސައްކަތް ކުރެއްވުމާ ގުޅިގެން ޢާންމު ސަލާމަތަށް ނުރައްކާވި،” އޭނާ ވިދާޅުވިއެވެ.
ޑީއޯޖޭން ބުނީ، ފްލޯރެސް-ރޫއީޒް ހައްޔަރު ކުރުމަށް އިމިގްރޭޝަން އޮފިސަރުން ކޯޓަށް ހާޒިރުވުމުން ފަނޑިޔާރު ޑޫގަން އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައިވާ ކަމުގައެވެ. ފްލޯރެސް-ރޫއީޒް ހައްޔަރު ކުރުމަށް ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ފަނޑިޔާރު ޑޫގަން ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. ކަފާލާތުގެ ދަށުން ފަނޑިޔާރު ޑޫގަން މި ވަގުތަށް މިނިވަން ކޮށްފައިވީ ނަމަވެސް، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މޭ 15ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް ޑީއޯޖޭން ބުންޏެވެ. އޭނާ ހައްުޔަރު ކުރުމާ ގުޅިގެން، ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޯޓު ކައިރިއަށް ޖަމާވެ، އޭނާ މިނިވަން ކުރުމަށް ގޮވައިލައި، އަޑު އުފުލާފައެވެ.
އިމިގްރޭޝަނާއި ޤާނޫނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ޢާންމު ތަންތަނާއި ކޯޓުތަކުގެ ތެރޭގައި އިމިގްރޭޝަންގެ އޮޕަރޭޝަންތައް ހިންގުމުގެ ފުރުޞަތު ދިނުމަކީ ޝަރިޢަތްތަކަށް ނުފޫޒު ފޯރާނެ އަމަލެއް ކަމުގައެވެ. އަދި، އެ ފަދަ އޮޕަރޭޝަންތަކުގެ ސަބަބުން، ޝަރިޢަތްތަކުގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މީހުން އެ ކަމަށް ފަސްޖެހޭނެ ކަމުގައެވެ. “އެއްވެސް މީހަކަށް ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ،” ފަނޑިޔާރު ޑޫގަން ހައްޔަރު ކުރި މައްސަލައިގައި އެމެރިކާގެ ބަންޑާރަނައިބު ޕޭމް ބޮންޑައި ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
