
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ކުރިން ސޫރިޔާގެ ސަރުކާރުން ފުރިހަމަ ކުރަން ހުށަހަޅާފައިވާ ޝަރުތުތަކަށް ސޫރިޔާގެ އިންތިޤާލީ ސަރުކާރުން ލިޔުމުން ޖަވާބު ފޮނުވާފައިވާ ކަމަށް “ރޮއިޓަރސް” ނޫހުން ރިޕޯޓުކޮށްފިއެވެ. އެ ސިޓީގެ ކޮޕީއެއް ފެނިފައިވާ ކަމަށް ބުނެ، އެ ނޫހުން ބުނި ގޮތުގައި، އެމެރިކާއިން ހުށަހަޅާފައިވާ ގިނަ ޝަރުތުތައް މިހާރު ވެސް ފުރިހަމަކޮށްފައިވާ ކަމަށާއި، ދެން ހުރި ޝަރުތުތަކަށް ދެ ޤައުމުން މަޝްވަރާކޮށް އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށް ލިޔެފައިވެއެވެ.
އެމެރިކާގެ ޝަރުޠުތައް ސޫރިޔާއަށް ހުށަހަޅާފައި ވަނީ ސޫރިޔާގައި ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް އިތުރު އެހީ ހޯދުމަށް ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި މާރިޗު 18ވަނަ ދުވަހު ބޭއްވި ސަމިޓުގެ ހަވާސާގައެވެ. އެމެރިކާއިން ސޫރިޔާއަށް ހުށަހަޅާފައިވާ ޝަރުތަކުގެ ތެރޭގައި، ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތައިލުމާއި، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.މީގެ އިތުރުން، ސޫރިޔާގެ ސަރުކާރުގެ އިސް މަޤާމުތަކަށް ބޭރުގެ ހަނގުރާމަވެރިން އިސްނުކުރުމަށް ވެސް އެމެރިކާއިން ޝަރުތު ކޮށްފައިވެއެވެ.
14 ވަރަކަށް އަހަރަށް ދެމިގެން ދިޔަ އަހުލީހަނގުރާމައަށް ފަހު ސޫރިޔާގެ އިޤްތިޞާދު މި ވަގުތު އޮތީ ފުނޑުފުނޑުވެފައެވެ. ވަޅުގަނޑަކަށް ވެއްޓިފައެވެ. އިޤުތީޞާދީ ދަތިކަމުން އަރައިގަތުމަށް އެޗްޓީއެސްގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޤައުމާ ދެކޮޅަށް އެމެރިކާއާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް މިހާރު އުވައިލާފައިވީ ނަމަވެސް، އޭގެ ހެޔޮ އަަސަރުތައް ފެންނަން ފަށާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ސޫރިޔާގެ ވަގުތީ ސަރުކާރުން ފޮނުވާފައިވާ ސިޓީ ލިބިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ ޔަޤީންކޮށްދެއްވައިފައެވެ. އަދި އެ ސިޓީ ދިރާސާކުރަމުންދާތީ، މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ހާމަކުރެވެން އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ސަރުކާރުގެ އެކި މަޞްދަރުތަކުން މީގެކުރިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ޝަރުޠުތައް އެޗްޓީއެސްގެ ސަރުކާރުން ފުރިހަމަ ކުރުމުން، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ފަށާނެއެވެ. މި ގޮތުން، ސޫރިޔާގެ ދައުލަތުގެ އިދާރާތަކާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން ހުއްދަ ކޮށްފައިވާ އަމުރުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރު ކުރުމާއި، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަން ބަލައިގަންނަ ކަން ހާމަކޮށް އެމެރިކާއިން ބަޔާނެއް ނެރުން ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
