
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޮޕާ ޑެލްރޭ ގެ ފައިނަލުގައި ރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ސެވިއްޔާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެފައިވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 28 ވަނަ މިނިޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ލަމީން ޔަމާލް ދިން ޕާހަކުން އޭރިޔާ ބޭރުގައި ހުރެ ޕެޑްރީ ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ހާފަށް ނިކުތްއިރު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ރޮޑްރިގޯގެ ބަދަލުގައި ކިލިއަން އެމްބާޕޭ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއެކު ރެއާލް މެޑްރިޑްގެ ކުޅުން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. މި މެޗުގެ 70 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭއަށް އޭރިޔާ ކައިރިން ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އޯރެލިއެން ޗޫމޭނީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. މި ލނަޑަކީ ރެއާލް މެޑްރިޑަށް ލިބުނު ކޯނަރެއް އާޑާ ގުލާ ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗޫމޭނީ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ލަމީން ޔަމާލް ދިން ބޯޅައަކުން ފެރާން ޓޮރޭޒް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު މި މެޗުގެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގައި ކުޅެފަ އެވެ. އަދި އިތުރު ވަގުތުގެ ކުޅުން ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ޖޫލްސް ކޯންޑޭ ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް މި މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ ކުރިންވެސް ރެފްރީންނާއި ދެކޮޅަށް ރެއާލް މެޑްރިޑް އިން ވަނީ ވާހަކަތަކެއް ދައްކާފަ އެވެ. އަދި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުންވެސް އެ ކްލަބުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. މި މެޗުގެ ރެފްރީ ވަނީ ބެންޗުގައި ތިބި ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމުގައިވާ އެންޓޮނިއޯ ރުޑިގާ އާއި ލޫކަސް ވަސްކޭޒް އަށް ރަތް ކާޑު ދައްކާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
