
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު މެލޭޝިއާއަށް ފުރުވާލުމުގެ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ. ޔުމްނުގެ އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ އެންސްޕާގެ ދަށުން ބޭސް ފަރުވާއަށް ދިޔުމުގެ ކަންކަން ސަރުކާރުގެ އެހީއާއެކު ނިމިފައިވާކަމަށެވެ. އޭގެ އިތުރުން، އޭނާ މެލޭޝިއާއަށް ފޮނުވާލުމަށް ފްލައިޓެއްގެ ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުގެ އެހީއާއެކު ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބެމުންދާ ކަމަށް ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނީ ކ.މާލެ، ގ. އެރިޔަދޫ ރައުދު އަހުމަދު ޒިލާލްއެވެ. ފުލުހުން ކުރާ ތަހުގީގާ ގުޅިގެން ރައުދު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އިރު، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރެއެވެ. ފުލުހުން ކޯޓު އަމުރަކަށް އެދުނު ތިން ސަބަބުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވުމާއި މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ.
އެ މައްސަލާގެ ބައިވެރިވި ކަމަށް ތުހުމަތުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ. އަދި މި އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. މި މައްސަލައާ ގުޅިގެން މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ބުރި އާއި ގ. ކަށިވެލީގެ ތިންވަނަ ބުރި ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. ކަށިވެލި ގެ ހުންނަނީ ފެންޓޯނިއާ ގެއާ ފުދޭ ވަރަކަށް ކައިރީގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
