
އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު އާއި ރައުދު އަހުމަދު ޒިލާލްއާ ދެމެދު ހާދިސާ ހިނގި ރޭ ހަމަނުޖެހުންތަކެއް ހިނގި ކަމަށާއި، ހާދިސާ ހިނގި ފަހުން ޔުމްނު ކޮބާތޯ އެހުމުން ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނި ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ވިދާޅުވެއްޖެއެވެ. ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ އޭނާ ފަސް ދުވަހަށް ބަންދުކޮށްފައެވެ. އެ ބަންދު އަމުރު މިހާރު ކްރިމިނަލް ކޯޓުން ވަނީ އާންމުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ އައިއޯ ވަނީ އެ ރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ކޯޓުގައި ވިދާޅުވެފައެވެ. ނަމަވެސް، އެކަމުގެ ތަފްސީލުތަކެއް އަމުރުގައި ނެތެވެ. އޭގެ އިތުރުން، ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބާތޯ ރައުދު ގާތުގައި ސުވާލުކުރުމުން، ނޭނގޭ ކަމަށާއި “ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް” އޭނާ ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ. ނަމަވެސް އޭނާ އެހެން ބުނީ ކާކު ގާތުގައި ކަމެއް އަމުރުން އެނގޭކަށް ނެތެވެ.
ރައުދު ޔުމްނު ހޯދަން މަސައްކަތް ކުރާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ނަމަވެސް އޭނާ ކަމާ ބެހޭ އެއްވެސް ފަރާތަކަށް ރިޕޯޓުކޮށްފައިނުވާކަން ވެސް އައިއޯ ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ފައްސިވިކަން ވެސް ފާހަގަކުރެއްވިއެވެ. ރައުދުގެ ވަކީލު ބުނެފައިވަނީ ޔުމްނު ވެއްޓުމާ ރައުދުއާ ގުޅުމެއް ނެތް ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ފުލުހުން އަމަލުކުރި ގޮތުން ރައުދުއާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ވަކީލު ވިދާޅުވެފައިވެއެވެ. ކޯޓު އަމުރުގައިވާ ގޮތުން ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ އެކަމަށް ރިއާއަތްކޮށެވެ.
ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އިރު، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ފުލުހުން ކޯޓު އަމުރަކަށް އެދުނު ތިން ސަބަބުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވުމާއި މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ. ނުވަ ވަނަ ފަންގިފިލާއިން ވެއްޓި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ މެލޭޝިއާއަށް ފޮނުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންސްޕާގެ އެހީ ހަމަޖެހިފައިވާއިރު، ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
