
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، “ފަހި ޞިއްޙަތު ހެލްތު ފެއާރ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ބާއްވާ “ފަހި ޞިއްޙަތު ހެލްތު ފެއަރ” ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު، މާލޭ އަރޓިފިޝަލް ބީޗުގައެވެ. “ފަހި ޞިއްޙަތު ހެލްތު ފެއަރ” އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އަދި އދ.ގެ ކުޑަކުދިންގެ ޖަމުޢިއްޔާ (ޔުނިސެފް) ގުޅިގެން 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާރއެކެވެ.
“ފަހި ޞިއްޙަތު ހެލްތު ފެއަރ” ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، މި ފެއަރއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ދުޅަހެޔޮ ހަށިހެޔޮ” މުޖުތަމަޢެއް ބިނާކުރުމުގެ ވަޢުދުފުޅާ އެއްގޮތަށް، މުޅި ޤައުމަށް އަމާޒުކުރައްވައިގެން އެމްއެންޔޫއިން ފައްޓަވާފައިވާ ކެމްޕޭނެއްކަން ފާހަގަކުރެއްވިއެވެ. މި ކެމްޕޭން ދައްކުވައިދެނީ، ތަޢުލީމާއި ބައިވެރިވުން އަދި ބާރުވެރިކުރުމުގެ ޒަރިއްޔާއިން، ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލައި، ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި، އަންނަން އޮތް ޖީލުތަކަށް ޓަކައި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް، އެންމެން ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމުގައި ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ޑރ. ޕަޑްމަލް ޑި ސިލްވާ އަދި ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް، މިސްޓަރ އީސީ ފައިންގޯލްޑް ވާހަކަފުޅުދެއްކެވިއެވެ. ދެބޭފުޅުން ވެސް ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މި އަހަރުގެ ޝިޢާރުގެ މައްޗަށް ވެސް އެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. “ފަހި ޞިއްޙަތު ހެލްތު ފެއާރ” ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފެއަރގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ފެއާރގައި ބައިވެރިވާ، ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އިތުރުން، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިޕާރޓްމަންޓްތަކާއި، ސްކޫލް އޮފް މެޑިސިންއާއި، ސްކޫލް އޮފް ނަރސިންގ އާއި ދަމަނަވެއްޓާއި ކެއަރ ސޮސައިޓީ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަނާ އަދި ސުވިމް މޯލްޑިވްސްގެ ފަރާތުން، މި ފެއާރއަށް ޒިޔާރަތްކުރާ އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވާނެއެވެ. އަދި އެކި ދާއިރާތަކުން ހެލްތު ސްކްރީނިންގް ހެދުމުގެ ފުރުޞަތު ވެސް މި ފެއަރގެ ސްޓޯލްތަކުން އާންމުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ފެއަރ ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރުގެ ދަންފަޅި ކުރިއަށްދާނީ 16:00 އިން 18:00 އަށެވެ. ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:00 އިން 22:00 އަށެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މި އަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ “ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަޤުބަލެއް،” މި ޝިޢާރެވެ. މި ޝިޢާރު އަންގައިދެނީ، ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތު ސަލާމަތް ކުރުމުގެ މުހިންމުކަމެވެ. އެއީ ދުޅަހެޔޮ މުޖުތަމަޢުތަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
