
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެތެރޭގައި ހިމެނޭ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ، ކޭއައިޓީއެފްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިމަހުގެ 23ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހުގެ ނިޔަލަށް، ކަޒަކިސްތާނުގެ އަލްމާޓީގައި ކުރިއަށްގެންގޮސްފައިވާ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ، ކޭއައިޓީއެފްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ކޭއައިޓީއެފަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއަރއަކީ މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ. އަދި މިއީ ކަޒަކިސްތާނުގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ، މި ފެއަރގެ ސަބަބުން ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ އެޖެންޓުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކޮށް، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ފެއަރއަށް ޒިޔާރަތްކޮަށްފައިވާ ފަރާތްތަކާ ހިއްސާކޮށްފައިވާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މީގެ އިތުރުން، މި ފެއަރގެ ތެރެއިން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، ތަފާތު އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވަނީ ދީފައެވެ. ކޭއައިޓީއެފްގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ސްޓޭންޑަކީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ސްޓޭންޑެކެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ސްޓޭންޑުން ފެންނަން ހުންނާނެ ކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ. ސީއައިއެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މުހިންމު ސަރަޙައްދަކަށްވެފައިވާއިރު، އެމްއެމްޕީއާރުސީން ސީއައިއެސް މާކެޓުގައި މާކެޓިންގެ ތަފާތު ހަރަކާތްތައް ހިންގައެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ، ރާއްޖޭގެ އެކި މަންޒިލް އިޝްތިހާރުކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީއިން މި ސަރަހައްދުގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ރާވާފައިވެއެވެ. އަދި މާކެޓުގައި ދިވެހިރާއްޖޭގެ މަންޒިލްތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ވިޒިބިލިޓީ ދެމެހެއްޓުމަށް ސޯޝަލް މީޑިއާކެމްޕެއިނެއް ވެސް ދަނީ ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
