
ބާސެލޯނާއާ ދެކޮޅަށް މިރޭ ކުޅޭ ސްޕެނިޝް ކަޕުގެ ފައިނަލް މެޗު ބޮއިކޮޓް ކުރުމަށް ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފިއެވެ. މި ގޮތަށް ބުނަން ފެށީ ރެއާލް މެޑްރިޑުން މެޗުގެ ކުރިން އޮންނަ ޕްރެސް ކޮންފަރެންސާއި ރަސްމީ ތަމްރީން ސެޝަން ބޮއިކޮޓް ކުރުމުންނެވެ. ރެއާލްއިން މި ދެ ކަންތައް ކުރީ ފައިނަލް މެޗުގެ ރެފުރީން ބަދަލުކުރުމަށް އެދި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި އެދުމުން އެ އިދާރާއިން އެކަން ކުރަން ދެކޮޅު ހެދުމުންނެވެ.
މި މައްސަލަ ޖެހުނީ ރެފްރީން ބޭއްވި ޕްރެސް ކޮންފަރެންސާ ހިސާބުންނެވެ. ރެފްރީން ޕްރެސް ކޮންފަރެންސް ބޭއްވީ ރެއާލް މެޑްރިޑާ ގުޅުން ހުރި ޓީވީ ޗެނަލް އާރްއެމް ޓީވީން މެޗުގެ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޯޓްޒީ އާއި ވީއޭއާރްގެ އިސް ރެފްރީ ޕަބްލޯ ގޮންޒާލޭޒް އެކި މެޗުތަކުގައި ހަދާފައިވާ ގޯސްތައް ތަކުރާތުކޮށް ދައްކަމުންދިއުމުންނެވެ. އަދި ހާއްސަކޮށް ބާސެލޯނާއަށް ފައިދާހުރި ގޮތްތަކަށް ނިންމުންތައް ނިންމާފައިވާ ކަމަށް ބުނެ މިފަދަ ކަންކަމަކީ ރެފްރީން ހިންގާ ކޮރަޕްޝަންތަކަށް ބުނަން ފެށުމުންނެވެ. ރެފްރީންގެ ޕްރެސް ކޮންފަރެންސްގައި ބާގޯސް ބެންގޯޓްޒީ ވަނީ ރޮއިފައެވެ. އަދި ރެފްރީ ބެންގޯޓްޒީ ބުނީ އޭނާގެ ސްކޫލަށްދާ ކުޑަދަރިފުޅު ގާތުގައި ބައްޕަ އަކީ ވަގެއް ކަމަށް މީހުން ބުނެފައިވާ ކަމަށެވެ.

މި ޕްރެސް ކޮންފަރެންސާ ގުޅިގެން ރެއާލް މެޑްރިޑުން ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިހާރު ކަންކަން ހިނގާފައިވާ ގޮތުން ރެފްރީން ދެ ޓީމަށް ހަމަހަމަކޮށް އިންސާފުވެރި ވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. މިހެންވެ މެޗުގެ ރެފްރީން ބަދަލުކޮށްދިނުމަށެވެ.
ނަމަވެސް ރެއާލްގެ ނިންމުން ބަލައި ނުގަނެ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މިއީ ރެފްރީންނާމެދު ބޭއިންސާފުވެ، އެމީހުންގެ ގަދަރަށް އަރައިގަތުން ފަދަ ކަންކަން ކަމަށެވެ. އަދި މެޗު ފަށަން 24 ގަޑިއިރަށް ވެފައި އޮއްވާ ރެފްރީން ބަދަލު ކުރުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ. މީގެ ސަބަބުން ކުރިމަގުގައި ރެފްރީންނާ މެދު ކުރެވޭ ތުހުމަތުތަކާއި އެމީހުންނާމެދު އޮންނަ އިތުބާރު ގެއްލިދާނެ ކަމަށެވެ. ނަމަވެސް ރެއާލްއިން ވަނީ ފަހުން ރަސްމީކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ފުޓްބޯޅަގެ އުސޫލުތައް ހިފެހެއްޓުމަށާއި މުބާރާތުގެ އިންސާފުވެރިކަން ކަށަވަރުކޮށްދިނުމަކީ ފެޑަރޭޝަނުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕްރެސް ކޮންފަރެންސްގައި ރެފްރީން އަމަލުކޮށްފައިވާ ގޮތުންނާއި ދެއްކި ވާހަކަތަކުން އިންސާފުވެރި ވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމުގެ ތެރެއިން މީޑިއާތަކުން ދައްކާ ވާހަކަތަކީ އެކުލަބަށް ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
މިކަމާ ގުޅިގެން ސްޕޭން ފެޑަރޭޝަނުން ބުނީ ރެއާލް ވާހަކަތަކަކީ މާބޮޑު ބުރަދަނެއްހުރި ވާހަކަތަކެއް ނޫން ކަމަށާއި ރެފްރީންނަށް ޕްރެޝަރު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. ފައިނަލް މެޗު ރެއާލްއިން ބޮއިކޮޓް ކުރާނެ މީޑިއާތަކުން ބުނަމުންދިޔަ ނަމަވެސް ކުލަބުން ރަސްމީކޮށް ބޮއިކޮޓްގެ ވާހަކަ ދައްކާފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
