
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންޑިއާގެ ޖަމްމޫ އަދި ކަޝްމީރު ސަރަޙައްދުގައި ހިމެނޭ ޕަހަލްގަމްގައި ދާދި ފަހުން ހިނގި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާމަ ފާޅުކުރައްވައިފިއެވެ. މި ހަމަލާގައި މަރުވި އަދި ޒަހަމްވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕަހަލްގަމްގައި ހިނގި ނުރައްކާތެރި ނިރުބަވެރި ހަމަލާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި މި ހަމަލާގައި މަރުވި އެއްވެސް ކުށެއް ނެތް ފަރާތްތަކަށާއި، ޒަޚަމްވެފައިވާ އެތައް ބަޔަކަށް ހިތުގެ އެންމެ ފުންމިނުން ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި ދިވެހި ސަރުކާރުން ނިރުބަވެރިކަމުގެ ހުރިހާ ކަންކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ދެމިހުންނާނެ ކަމަަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. ޕަހަލްގަމްގައި ހިނގި މިި ޓެރަރިސްޓް ހަމަލާއަކީ އިންޑިއާގެ މިނިވަން ދުވަހުގެ ކުރިން ހިނގި ހަމަލާއެކެވެ. މި ހަމަލާގައި 26 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން މި ހަމަލާ ދިން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހަމަލާގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ތިން އޮފިސަރުން ޝަހީދުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަމަލާ ދިން ފަރާތްތަކުގެ ތެރެއިން އެކަކު މަރާލެވިފައިވާ ކަމަށް އިންޑިއާގެ އިސް ސަލާމަތީ އޮފިސަރުން މަޢުލޫމާތު ދީފައިވެއެވެ. އަދި އަނެއް ޓެރަރިސްޓް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހަމަލާ ކުށްވެރިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި މިނިސްޓަރު އަމިތް ޝާ ކުށްވެރިކޮށް، ޝަހީދުވި އޮފިސަރުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން މި ސަރަޙައްދުގައި ހަރުކަށި ސަލާމަތީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ހަމަލާ ދިން އަނެއް ފަރާތް ހޯދުމަށް ފުޅާ ދާއިރާއެއްގައި ސާރޗް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް އިންޑިއާގެ އިސް އޮފިސަރުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
