
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި، ހުއްޓާނުލައިފިނަ ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޚްސާން އިންޒާރު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި 30އަކަށް އަހަރުގެތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ޙައްލުކުރުމަށް މިސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރައްވާކަަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަަތަށް ފުރިހަމަ ކަމެއް ލިބިގެންދާނީ މަސްތުވާތަކެތީގެ ޤާނޫނު ފާސްވުމުން ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑުމެން ވާނެ ސެކްޓޯރަލްކޮށް ބަހާފަ ބަލާފައި އެތަންތަނުގައި ތިބި (މަސްތުވާތަކެތީގެ) ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކޮށް ޤާނޫނު ކުރިމައްޗަށް އެ މީހުން ގެނައުމުގެ މަސައްކަތް ފަށާފައި. މި މަސައްކަތަށް އަސްލު ލިބެންޖެހޭ ބާރު އަޅުގަނޑުމެންނަށް ލިބިގެންދާނީ މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ޤާނޫނު މަޖިލީހުން ފާސްވާ ހިސާބުން. އެހެން ނަމަވެސް މިވަގުތު ލިބިފައި ހުރި ޤާނޫނުތަކުގެ ބާރުގައި ފުވައްމުލައް އެއީ މިސާލެއް. އަޅުގަނޑުމެންވާނެ އެތަނުގައި އޮތް އެންމެ ބޮޑު ނެޓްވޯކުތައް ނަގާ ހައްޔަރުކޮށްފައި،” ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް މަސްތުވާކެތި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެކަންކަން ހުއްޓާނުލާނަމަ ހައްޔަރުކޮށް، ރާއްޖެ ސާފު ކުރާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. “މަސްތުވާތެކީގެ ވިޔަފާރި ކުރާ މީހުންނަށް އަޅުގަނޑު އިންޒާރުދެން އެކަންކަން ހުއްޓާލަން. ހުއްޓާނުލާނަމަ ހިފާ ހައްޔަރުކޮށް މި ރާއްޖެ ސާފުކުރާނަން. އަދި ރައްޔިތުންނަށް އެ ފަރާތްތަކުން ދެމުންދާ ގެއްލުމަށް ޒިންމާ ކުރުވާނަން.” ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނަވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
