
ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުން، ފަތުރުވެރިކަމަށް އަދި ގެއްލުމެއް ނެތް ކަމަަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅިގެން ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް މަނާ ކުރީ މި ސަރުކާރުންނެވެ. ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ އޭޕްރިލް 15ގައެވެ. އެ ބިލު ތަސްދީގު ކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް، ޑރ. މުއިއްޒު ވަނީ ނިންމަވައިފައެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖޭން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. މީގެ އިތުރުން، އެހެން ގައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޏާ އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އިސްރާއީލުގެ ފަތުރުވެރިއަކު އުޅޭހެން ހީނުވާ ކަމަށާއި، ނޫނީ އުޅޭނީ ވަަރަށް މަދު ފަތުރުވެރިން ކަމަށެވެ. “އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެންނަށް އަދިއެއްވެސް ކަހަލަ ގޮތަކަށް، އޭގެ މާސް ކެމްޕެއިނެއް ރާއްޖެ ނާނަންން ވަކި ބަޔަކު ކުރާ ކަމެއް އެނގިފައެއް ނެތް، އެހެން ނަމަވެސް ބައެއް މީޑިއާތަކުގައި އެބަހުރި ރާއްޖެއަށް ގެއްލުންވާނެއޭ، ވެދާނެއޭ، އެއާއެއްކޮށް ޕޮޒިޓިވް ނިއުސްތައްވެސް ވަރަށް ގިނަ،”. މިގޮތުން ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދުތައް ދަށަށް ދޭތޯ މޮނީޓަރ ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ. “އެކަހަލަ ގޮތަކަށް ބަލަމުންދާއިރު، މޭޖަރ އިމްޕެކްޓެއް ނޫނީ ޓޫރިޒަމަށް އަންނަ ފަތުރުވެރިން މަދުވެ އެކަހަލަ ކަމެއް އަދިއެއް، ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅާ ނޫނިއްޔާ ރާއްޖެއަށް ނާންނަން ގޮވާލާ އެކަހަލަ ގޮތަކަށް މާސްކޮށެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް، އެއްވެސް ގޮތަކަށް ރެޖިސްޓަރ ކުރެވިފައެއް ނެތް،”. ވަޒީރު ތޯރިގް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި މި ފިޔަަވަޅު އެޅީ ކީއްވެގެންކަން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިމްޕޮމެޓިކް މިޝަންތަކަށް އަންގަމުންދާ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ. ރައީސް، މި ބިލު ތަސްދީގު ކުރެއްވި ހިސާބުން، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ބައެއް ނޫސްތަކުގައި ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް ބޭނުން ކުރި ހަބަރު ވަނީ ޝާއިރުކޮށްފައެވެ. މިސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ޔަހޫދީ އަނިޔާވެރިން މިހާތަނަށް ފަލަސްތީނުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލަން ފެށި ގަތުލްއާންމު އަދިވެސް ދަނީ ކުރިއަށެވެ. މިހާތަނަށް ޣައްޒާގައި 51،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
