
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިހާރު ރާއްޖޭގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ 156 ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި އެކު 61 ތަނެއްގެ މަސައްކަތް މިހާރުވަނީ މަޑުޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސައްކަތް މަޑުޖެހިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފަތުރުވެރިކަމުގެ ވުޒާރާއިން ފޯރުކޮށްދެމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކްލޯސްޑް ބިޑިންގގެ ދަށުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައިވާކަމަށެވެ. “ކްލޯޒްޑް ބިޑިންގގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ވަނީ ހަވާލުކޮށްފައި، ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ހަވާލުކޮށްފައިވާއިރު އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ ޢިއުލާންކޮށްފައި” ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޖޯލި މޯލްޑިވްސް)
ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ފަތުރުވެރިކަމުގެ ލޯ ސީސަންގައި މާކެޓިންގ ހަރކާތްތައް އިތުރުކޮށް، މުޅި އަހަރުތެރޭގައި ރާއްޖެ މާކެޓުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް މިދިޔަ އަހަރު އަލަށް 1،500އަށް ވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޖުމްލަ އަދަދު ހުރީ 61،650 ގައެވެ. އަދި މިހާރު މިއަދަދުވަނީ 63،248އަށް އަރާފައެވެ. މިއީ 1،598 އެނދުގެ އިތުރުވުމެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
