
(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
4000 ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް 2000އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށައަޅާފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިރޭ ހަމަވާނެއެވެ. މި މަޝްރޫޢުގައި 4000 ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓް ރިވިއުކުރުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ، ފްލެޓްދީފައިވާ މީހުންގެ ތެރެއިން 2180 މީހުން ސްކީމަށް ޝަރުތު ހަމަނުވާކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުލުވާލީ މަރޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފަހުން މި މުއްދަތު އިތުރުކޮށްފައިވާއިރު، ސުންގަޑި މިރޭގެ 12:00އަށް ހަމަވާނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، މިހާތަނަށް ވަރަށް ގިނަ ޝަކުވާ ލިސްޓަށް ލިބިފަވާކަމަށެވެ. ނަޒީމް ވިދާޅުވީ ފޯމުތައް ލިބެމުންދިޔަވަރަކަށް، ފޯމުތައް ރިވިއުކޮށް މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. “2000އާއި ގާތްކުރާ އަދަދަކަށް ޝަކުވާ ވަނީ ލިބިފައި. ރޯދަމަހުވެސް އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައި. ފޯމުތަކުގެ ބޮޑު ބައެއް ބެލިއްޖެ. ޓަރގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުން.” ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
ނަޒީމް ވިދާޅުވީ ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތަކެއް ހުރީ، މާލޭގައި އުޅެފަވާ މުއްދަތާ ގުޅިގެންކަމަށެވެ. މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފައެވެ.
ނަޒީމް ވިދާޅުވީ، ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އިތުރު ލިޔެކިޔުން ހުށަ ނޭޅޭނެކަމަށެވެ. އެހެންކަމުން ވީހާވެސް ތަފްސީލީގޮތެއްގައި މި މަޢުލޫމާތުތައް ޝަކުވާ ފޯމުގައި ލިޔެގެން ހިމެނުމަށް ވަނީ އެދިފައެވެ. “ގިނަ މީހުން ބުނަނީ އެކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށައެޅުން އެއީ އެހާ މުހިންމުކަމެއް ނުދެކޭތީ އޭރު އޭހާ ސަމާލްކަންދީގެން ހުށަނޭޅީކަމަށް. މިހާރު ވީހާވެސް ތަފްސީލްކޮށް އެކަން ފޯމުގައި ލިޔަންވީ. ފޯމުގައި ލިޔެވޭނެ މިންވަރުވެސް ވާނީ އިތުރުކޮށްދީފަ. ވަޒީފާގައި އުޅުނުކަމާ، ދަރިން ކިޔަވަން އުޅުނުނަމަ، އެ ތަފްސީލްވެސް ފޯމުގަ ލިޔެގެން ހުށައަޅަންވީ. އޭރުން އަޅުގަނޑުމެން ވެރިފައި ކުރާނަން.” ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.
ޝަކުވާ، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަދި [email protected] އަށް މެއިލުންވެސް ހުށައެޅޭނެއެވެ. ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
