
އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ހުށައެޅި ބިލު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، ޚިޔާލު ހުށައެޅުމަށް ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް، އެމްޑީޕީގެ މެންބަރުން ބިލަށް ޚިޔާލު ހުށަނޭޅިކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ. އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ހުށައެޅީ މިދިޔަ އަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހުއެވެ. މި ބިލާ މެދު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިހާރު ވަނީ ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާފައެވެ. ކޮމިޓީ ރިޕޯޓަށް ކުރިއަށްގެންދިޔަ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޕާސްޕޯޓް މަނާކުރުމަށް ހުށައެޅި އިސްލާޙަށް ކޮމިޓީން ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މަޖިލީހުގައި ބަހުސްކުރައްވަމުން ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ ޔަހޫދީންގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހިންވާކަން މި ބިލު ފާސްވެގެންދިޔުމުން ހާމަކޮށްދޭ ކަމަށެވެ. އަދި ޒަމާންތަކެއް ވަންދެން ފަލަސްޠީނަށް ޔަހޫދީން ލާއިންސާނީ ޢަމަލުތައް ހިންގަމުންދިޔަ ނަމަވެސް، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އިސްރާޢީލުންނަށް ރާއްޖެ ނުވަދެވޭ ގޮތް ހަދަން ކެރިވަޑައިނުގަތްކަމަށް ފަލާޙު ވިދާޅުވިއެވެ. އެ ގޮތުން ފަލަސްޠީންގެ މުސްލިމުންނަށް ދޭ އަނިޔާތައް ޔަހޫދީން އެންމެ ވަރުގަދަ ކުރި ދުވަސްވަރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރު އޮތް ނަމަވެސް، އޭރު އޮތް މަޖިލީހަށް އަދި ސަރުކާރަށްވެސް އިސްރާޢީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ކެރިވަޑައިނުގަތްކަން ފަލާޙު ފާހަަގަކުރެއްވިއެވެ.
“މި މައްސަލާގައި އިޒްރޭލާ ދޭތެރޭ ފިޔަވަޅެއް އެޅުމުގެ މައްސަލާގައި ޤާރާރެއް ހުށައެޅުން ފިޔަވައި އެއްވެސް ކަމެއް މިދިޔަ ސަރުކާރަކަށްވެސް 19 ވަނަ މަޖިލީހަކަށްވެސް ކުރެވިފަކާއެއް ނެތް.” ފަލާޙު ވިދާޅުވިއެވެ. ފަލާޙު ވިދާޅުވީ ކޮމިޓީ ރިޕޯޓާ މެދު ހިތްހަމަނުޖެހިގެން ވާހަކަދެއްކުމުގެ ފުރުޞަތު އެމްޑީޕީގެ މެންބަރުންނަށް ނޯންނާނެ ކަމަށެވެ. އެހެނީ ކޮމިޓީން ބިލު ދިރާސާކުރަމުންދިޔައިރު، ޚިޔާލު ހުށައަޅަން އެދި އެޕާޓީއަށް ސިޓީ ފޮނުވުމުންވެސް އެމްޑީޕީގެ މެންބަރުން ޚިޔާލު ހުށައަޅުއްވާފައިނުވުމުންކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި މިކަމުން ދޭހަކޮށްދެނީ އެމްޑީޕީ މެންބަރަކު މި ބިލު ހުށައެޅި ނަމަވެސް، ހުށައެޅި ނިޔަތް ގޯސްކަންކަމަށް ފަލާޙު ތުހުމަތުކުރެއްވިއެވެ.
“ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ދޭހަކޮށްދިނުމުގެ ގޮތުން މި ކަން މި ކުރަނީ. އިޒްރޭލު ޕާސްޕޯޓުގައި އެތެރޭވާން ހުއްދަ ނުދޭނަން. އެމްޑީޕީގެ ނިޔަތަކަށްވީ އަޅުގަނޑުމެންނެއް މިކަމެއް ނުކުރާނޭ. ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ގެއްލުމެއް ދެވޭނޭ.” ފަލާޙު ވިދާޅުވިއެވެ. ފަލާޙު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި މި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެނޫންވެސް އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރާއި މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން މަސައްކަތްކުރައްވާނެކަމަށް ފަލާޙު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުޅިން މަނާވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
