
(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސިއްޙަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމާއެކު ބޭއްވި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންވަނީ ޚިދުމަތް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ވަޒީރާ ހިއްސާކޮށްފައެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްޙީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެކުދިންނަަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުޞަތުތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަޒީރު މަޝްވަރާކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ވަޒީރު ވަނީ އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލާއި، އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ އިސްވެރިންން ވަނީ ބައިވެރިވެފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއާ ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތަކީ މުޖްތަމައަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާއިރު ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލެވުމަކީ ތެރަޕީތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދާ ފަރާތްތަކަށް ލިބިގެން ދާނެކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
