
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ބާސެލޯނާ ކަޓުވާލެވޭހާ އެ ޓީމު މިރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ މެޗުގައި ބަލިނުވާނެ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗު 4-0އިން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. މިހެންވެ ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި އެ މީހުންނަށް މިރޭ ބާސެލޯނާ ކަޓުވާލެވޭނީ ފަސް ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ފްލިކް ބުނީ އޭނާގެ ޓީމު މިވަރުގެ ބޮޑު ލީޑެއްގައި އޮއްވައި ކަޓުވާލެވޭހާ ބަލިނުވާނެ ކަމަށެވެ.
“ފުޓްބޯޅައިގައި އެއްވެސް ކަމެއް ނުވާނެއޭ ބުނާކަށް ނުވާނެ. އެކަމަކު އަހަރެންގެ ޓީމު ތިފަދަ ނަތީޖާ އަކުން ބަލިކުރެވޭހާ ނިކަމެއްޗެއް ނުވާނެ. މި މެޗަށް ނުކުންނައިރު އަހަރުމެންގެ އެންމެ ބޮޑު އިތުބާރަކީ ކުރީ މެޗުގައި ޖެހި ހަތަރު ލަނޑު،” ފްލިކް ބުންޏެވެ. ޖަރުމަނުގެ ބަޔާން މިއުނިކާ އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ފްލިކް ބުނީ މިރޭގެ މެޗު ނުނިމެނީސް ބާސެލޯނާ ސެމީ ފައިނަލަށް ނުދާނެކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ. “އަހަރުމެން އަދި މި އޮތީ ސެމީ ފައިނަލަކު ނޫން. އެކަމަކު މި މެޗުން މޮޅުވެގެން ސެމީ އަށް ދެވޭނީ. އަހަރުމެންގެ ދަނޑުގައި ކުޅުނީ މި މެޗުގެ ފުރަތަމަ ހާފު ކަމަށް މި ބަލަނީ. އެހެންވީމާ އަހަރުމެން މިރޭ ފަރުވާ ކުޑަކޮށްލައިގެން ނުވާނެ،” ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު އެންމެ އިތުބާރާއެކު ހުރީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެވެ. އޭނާ ޑޯޓްމުންޑް ދޫކޮށްލި ފަހުން ބަޔާން މިއުނިކާގައި ބާސެލޯނާގައި ވަނީ ޑޯޓްމުންޑާ ދެކޮޅަށް 28 މެޗު ކުޅެފަ އެވެ. މި މެޗުތަކުގައި ވަނީ 29 ގޯލު ޖަހާފަ އެވެ. މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ވެސް އޭނާ ދެ ގޯލު ޖެހި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
