
ދިވެހި ފިލްމީ އިންޑަސްޓްރީގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ އައިމިނަތް ރަޝްފާ (އާޝާ) ބުރުގާ އަޅަައިފިއެވެ. އާޝާ ބުރުގާ އަޅާފައިވަނީ މިދިޔަ މަހުގައި އޭނާގެ އާއިލާއެކު އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދިޔުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ ބުރުގާ އަޅައިގެން ހުރި ދެތިން ފޮޓޯއެއް އޭނާގެ މީސް މީޑިއާގެ އެކައުންޓްތަކުގައި ހިއްސާވެސް ކޮށްފައެވެ. އާޝާގެ މީސް މީޑިއާގައި ޕޯސްޓުކޮށްފައިވާ މި ފޮޓޯއާއި އިތުރު ވީޑިއޯއެއް ފިޔަވާ އޭނާގެ އިންސްޓަގްރާމުގައި ހުރި އެހެން ފޮޓޯ ވިޑިއޯ މިހާރު ވަނީ އެއްކޮށް ފޮހެލާފައެވެ. ދެން އޭނާގެ ފީޑުން ފެންނަނީ ފަލަސްތީނުގެ ވާހަކަ ކިޔައިދޭ ވީޑިއޯއެކެވެ. އާޝާ ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަ މީސް މީޑިއާގައި ދައްކައި އެ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވި އެކި ކަހަލަ ފަންޑްރެއިޒިން އިވެންޓުތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ.
އާޝާގެ ދިރިއުޅުމަށް ގެނެސްފައިވާ ބަދަލާ އެކު އޭނާ ފިލްމްތަކުން ފެންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. މި ވަގުތު އާޝާ ހުރީ ފިލްމީ ހުރިހާ ކަންތައްތަކުން ބްރޭކެއް ނަގައިގެންނެވެ. އެކްޓިންއާއި ފޮޓޯ އަދި މީސް މީޑިއާގެ އެކި ކަހަލަ ހަރަކާތްތަކުން އާޝާ ދުރަށް ޖެހިލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ދިވެހި ފިލްމުތަކާއި ޝޯތަކުން ވެސް ފެނިފައިވާ އާޝާ އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދީ ޓިކްޓޮކުންނެވެ. ޓިކްޓޮކްގެ މަގުބޫލުކަމާއި އެކު އޭނާގެ ފުރަތަމަ ފިލްމްމަކުން ފެނިގެން ގޮސްފައި ވަނީ ޑާކްރެއިންއިން 2019 ވަނަ އަހަރު ނެރުނު “ގޮށްރާޅު”ންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
