
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ރުފިޔާގެ ބަދަލުގައި ޑޮލަރުން ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ސަރުކާރުގެ ސްކޮލާޝިޕްގައި ދާ ދަރިވަރުންނާއި ސްޓޫޑެންޓު ލޯނުގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި މަހު އެ މަނިކުފާނު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނާ ބައްދަލުވި ކަމަށާއި އެ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ސްޓޫޑެންޓް ލޯނުގެ ފައިސާ ދިވެހި ރުފިޔާ އިން ލިބުމުގެ ސަބަބުން ބްލެކް މާކެޓުގައި ޑޮލަރު މާރުކުރަން ޖެހިގެން ލިބޭ ގެއްލުން ކަމަށެވެ. “އެ ކުދިންގެ އެދުމަކީ ލޯނަށް ދޫކުރާ ފައިސާ ޑޮލަރަށް ކޮންވާޓް ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ގެއްލޭ ފައިސާ. ލޯނު މި ދޫކުރަނީ ދިވެހި ފައިސާ އިން. އަޅުގަނޑަށް ޔަގީން ރާއްޖެ އިން ބޭރުގެ ހުރިހާ ގައުމެއްގައި ވެސް ލޯނުގައި ކިޔަވާ ކުދިންނަށް ދިމާވާނެ މައްސަލައެއް،” ރައީސް ވިދާޅުވި އެވެ.
“އެހެންވީމާ ބޭންކް ރޭޓުގައި ލޯނު ސްކީމުގައި ކިޔަވާ ކުދިންނަށް ޑޮލަރު ހަމަޖައްސައިދެވޭނެތޯ އެ ކުދިން އެދުނީ.”

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ އެ މައްސަލާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ވެސް މަޝްވަރާ ކުރައްވައި، އެކަމުގައި އެ ދަރިވަރުންނަށް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެ ބަދަލު ގެނައުމުގެ ކަންކަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ވެސް މަޝްވަރާ ކުރައްވައިގެން، ފިނޭންސް މިނިސްޓަރު ޒަމީރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުން ފަދަ ފިޔަވަޅުތަކުގެ ދަށުން، އެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ އެވެ.
“އެއީ ރާއްޖޭގެ ޑޮލަރު މާކެޓަށް އޭގެ ނުރަނގަޅު އަސަރު ނުކުރާނެ ގޮތަށް އެ ކުދިންނަށް ބޭންކު ރޭޓުގައި ލިބެން ވާނީ، އެ ކިޔަވާ ތަނެއްގައި ބޭނުންކުރަން. އެގޮތަށް އެކަން ހަމަޖެހުމާ އެކު، ލޯނު ސްކީމުގައި ކިޔަވާ ކުދިންނަށް ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް އޮތް ދަތިކަން އިރާދަކުރެއްވިއްޔާ ހައްލުކޮށްދޭނަން،” ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސްކޮލާޝިޕްގައި ކިޔަވަމުންދާ ކުދިންގެ ކަންބޮޑުވުމަކީ އެ ކުދިންގެ މެއިލްތަކަށް ޖަވާބު ނުލިބުމާއި ޓިއުޝަން ފީތަކަށްވާ ފައިސާ ލަސްވުން ފަދަ ކަންކަން ކަމަށެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީގެން ބޭރުގައި ކިޔަވާ ދަރިވަރުން ތިބި ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަމްބަރެއް ނަގައިގެން، އެ ނަމްބަރު މެނޭޖު ކުރުމަށް ވަކި ހާއްސަ މުވައްޒަފެއް ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ މުއާމަލާތް ރަނގަޅުކުރުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާތަކަށް މިހާރޔ ހާއްސަ އިސްކަމެއް ދެމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
