
(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
އެފްޑީސީން އަޅަން ނިންމާފައިވާ ފްލެޓުތަކުގެ ތެރެއިން 5،000 ހައުސިން ޔުނިޓަށް ލޯނު ހަމަޖެހިއްޖެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާ 15،000 ފްލެޓުގެ ތެރެއިން މިހާތަނަށް 5،000 ފްލެޓަކަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިފައިވާ ކަމަށެވެ. އެ ބޭންކުން ލޯނު ދޫކުރާނެ އަދަދާއި އިންޓްރެސްޓް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތު ހިމެނޭ ފައިނޭންޝަލް ޝީޓު ހިއްސާކޮށްފައިވާ ކަމަށާއި އެ މައުލޫމާތުތައް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލަށް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި މިނިސްޓްރީން އެ ރިޕޯޓު ހުށަހަޅާނެ އެވެ. އެ ލޯނާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމުމުން އެގްރިމެންޓުގައި ސޮއިކޮށް، ޕްރޮޖެކްޓު ލޯންޗުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ. ހަމްދާން ވިދާޅުވީ އިތުރު ހައުސިން ޔުނިޓުތަކަށް ވެސް ލޯނު ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލުތައް ވެސް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން މި އަހަރު ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 15،000 އަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެފްޑީސީން މިހާރު އަންނަނީ ހުޅުމާލޭގައި 4،000 ފްލެޓު އަޅަމުންނެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގެ ތެރެއިން 700 ހައުސިން ޔުނިޓު ނިންމައި ވަނީ ހަވާލުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
