
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި މިހާރުގެ ލޯކް ސަބާ މެންބަރު ކަންގަނާ ރަނާވަތުގެ ގެއަށް މި މަހު ފޮނުވާފައިވާ ކަރަންޓު ބިލުގެ ބޮޑުކަމުން އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ކަންގަނާ ބުނީ، އޭނާ މިހާރު އެ ގޭގައި ދިރިނޫޅޭއިރު، ކަރަންޓު ބިލަށް އެހާ ބޮޑު އަދަދެއް އަރާފައިވާތީ އެކަމާމެދު ހައިރާންވެފައިވާ ކަމަށެވެ. މަޖިލިސް މެންބަރަކަށް ވުމާ ގުޅިގެން ކަންގަނާ މިހާރު ދިރިއުޅުއްވަނީ ނިއު ދިއްލީގައެވެ. ފާއިތުވި އަންގާރަ ދުވަހު އޭނާގެ ދާއިރާ، މަންޑީގައި ބޭއްވުނު ސިޔާސީ އެއްވުމެއްގައި ކަންގަނާ ވިދާޅުވީ މި މަހު އޭނާގެ ގެއަށް އާދަޔާ ޚިލާފު ބޮޑު ކަރަންޓު ބިލެއް ފޮނުވާފައިވާ ކަމަށެވެ. އިންޑިއާގެ މަނާލީގައި ހުންނަ އޭނާގެ ގެއަށް މި މަހު ފޮނުވާފައިވާ ކަރަންޓު ބިލަށް 100،000 ރުޕީސްއަށް ވުރެ ގިނަ އަދަދެއް އަރާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ކަރަންޓު ބިލުގެ ބޮޑުކަމާ ގުޅިގެން ކަންގަނާ ވަނީ ހިމާޗަލް ޕްރަދަލް ޕްރަދޭޝް ސްޓޭޓުގެ ސަރުކާރަށް ހަރުކަށި އިބާރާތުން ފާޑުކިޔުއްވާފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި، އިންޑިއާގެ މި ސްޓޭޓުގެ ކަންކަން ރަނގަޅު މަގަށް އެޅުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
