
(ފޮޓޯ ކްރެޑިޓްސް: އޭފްޕީ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކުގެ މުދަލުން ޓެރިފް ރޭޓް ބޮޑުކުރުމާ އެކު ފައްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމާގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު ގިނަ ގައުމުތަކަށް 90 ދުވަހަށް އެކަން ކުއްލި ގޮތަކަށް ފަސްކޮށްފި އެވެ. އެކަމަކު މި ނިންމުމާ އެކު ވެސް ޗައިނާގެ މުދަލުން 108 ޕަސެންޓުގައި ޓެރިފް ނަގަން ނިންމި ނިންމުން މިހާރު ވަނީ 125 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ޓެރިފް ބޮޑުކުރުމުގެ ނިންމުން ފަސްކުރެއްވުމާ އެކު ވޯލް ސްޓްރީޓްގައި ވަނީ ނުތަނަވަސްކަން ކުޑަވެ ހިއްސާގެ އަގުތައް އުފުލިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ބޮޑު ޓެރިފް ނަގަން ފަށާ ގައުމުތަކަށް ކުރިން އޮތް ގޮތަށް އަމަލުކުރުމަށް 90 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 75 ގައުމަކުން ޓެރިފްގެ މައްސަލައިގައި މަޝްވަރާއަށް ބޭނުންވުމާއި އެ ގައުމުތަކުން ރައްދުގައި ފިޔަވަޅު ނޭޅުމަށް ނިންމާފައި ވާތީ ނިންމި ގޮތެކެވެ. އެކަމަކު ފްލެޓް ރޭޓެއްގައި 10 ޕަސެންޓުން ޓެރިފް ނަގަން ނިންމާފައިވާ ގައުމުތަކާ މެދު އެގޮތަށް އަމަލުކުރަމުން ދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ޗައިނާއިން ދަނީ އެމެރިކާއިން “ފޭރެމުން” ކަމަށެވެ.
“ޗައިނާއިން ދުނިޔޭގެ މާކެޓަށް އެއްވެސް އިހުތިރާމެއް ނުކުރާކަން ދައްކާފައިވާތީ މި ވަގުތުން ފެށިގެން ޗައިނާގެ މުދަލުން 125 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމައި އެކަން އިއުލާނުކުރަން،” ޓްރަމްޕު ވިދާޅުވި އެވެ. މި ނިންމުންތައް އައިސްފައިވަނީ ޗައިނާގެ މުދަލުން އެމެރިކާއިން 104 ޕަސެންޓުގައި ޓެރިފް ނަގަން ނިންމުމާއި އޭގެ ރައްދުގައި އެމެރިކާގެ މުދަލުން ޗައިނާއިން 84 ޕަސެންޓުގައި ޓެރިފް ނަގަން ނިންމިތާ ގަޑިއެއްހާއިރު ފަހުންނެވެ. “ކޮންމެވެސް އިރަކުން ޗައިނާއަށް ވެސް، އެމެރިކާ އާއި އެހެން ގައުމުތަކުން ފޭރެމުން ދިއުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން ވިސްނޭނެ ކަމަށް އުންމީދުކުރަން،” ޓްރަމްޕު ވިދާޅުވި އެވެ. އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ މި ނިންމުމަކީ ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޓްރަމްޕުގެ ސްޓްރެޓެޖީ ކަމަށާއި ޓްރަމްޕު ކުރެއްވި ކަމަށާއި ޗައިނާ ގޯސް ހާލަތަކަށް ވައްޓާލުން ކަމަށް ވެސް ބައެއް މީހުން ބުނެފާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
