
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިނގިރޭސި ކުލަބު ލިވަޕޫލް އާއި ރާއްޖޭއާ ދެމެދު ހުނަރު ބަދަލުކުރުމުގެ ޕްރޮގުރާމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ލިވަޕޫލް ގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު” ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ. ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް މި ކެމްޕޭންގައި ހިންގާނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރަނގަޅު ގޮތެއްގައި ކަމެއް ފެށުމަކީ ވަރަށް ގިނަ ގޮތްގޮތުން ދޮރުތައް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި ވަރަށް ގިނަ ގޮތްގޮތުން މިކަން ކުރާކަން ގިނަ ބަޔަކަށް އެނިގެންދިޔުމަކީ ފުޓްބޯޅަވެސް އަދި އެހެން ކުޅިވަރުތައް ވެސް ހުޅިވިގެންދާނެ މަގެއް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިއީ ދިވެހި ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިސްތިހާރުވެގެންދާ ލިބިގެންދާނެ މަގެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. “ޓްރޭނިންގް ފެސިލިޓީސް އަޅުގަނޑުމެންނަށް ގާއިމުކުރަން މަގުފަހިވެފައި މިވަނީ. ހަމައެއާއެކު އަޅުގަނޑުމެންގެ ޓެލެންޓް އެކްސްޗޭންޖް ޕްރޮގްރާމްވެސް ކުރިއަށް ގެންދެވޭ ގޮތަށް މިވަނީ ރާއްޖެ އާއި ލިވަޕޫލްއާ ދޭތެރޭގައި.” ރާފިޢު ވިދާޅުވިއެވެ.
ލިވަޕޫލްގެ އަރަމުން އަންނަ ކުޅުންތެރިން މައްޗަށް އެކުލެވޭ ޓީމުތަކާއި ވެޓެރަންސް ޓީމުތައް މެޗުތަކެއް ކުޅުމަށް ރާއްޖެއަށް އައުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
