
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލް ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ފެތުމުގެ މުބާރާތްތައް ބޭއްވޭ ތަނަކަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އައު ސްވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި މަސައްކަތް ފެށިގެން ދިޔަގޮތަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ މަގާމާ ހަވާލުވެ ފުރަތަމަ ހަފުތާގެ ތެރޭގައި މަސައްކަތް ފެއްޓުމައްޓަކައި އެކި އިދާރާތަކާ މަޝްވަރާ ކުރެއްވި ކަމަށެވެ.
“އޭގެތެރޭގައި އެޗްޑީސީއާވެސް ވާހަކަދެކެވިގެން އަދި މިތާނގައި ކުރީގަ އޮތް ކުންފުނީގެ ހެވީ ވެހިކަލްތަކާއި، ސައިޓެއްގެ ގޮތުގައި އޮތީ. އެހެން އޮއްވައި މިތަން އެއްކޮށް ކްލިއާކޮށް މިހާރު މި މަސައްކަތް ކުރައްވާ ފަރާތްޕުޅާ ސައިޓް ހަވާލު ކުރެވުނީ.” ރާފިޢު ވިދާޅުވިއެވެ. މިހާ ހިސާބަށް މި މަސައްކަތް ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ފާއިތުވެގެންދިޔަ އެއް އަހަރަށް ބަލާއިރު މިހާރު މަސައްކަތައް ބާރަށް ކުރިއަށްދާ ކަމަށާއި، ލަސްތަކެއް ނުވެ ޕޫލްގެ ބޮޑު ބައެއް ނިމިގެންދާތަން ފެނިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. “މިހާރު މިވަނީ ޕޫލް އެތުރުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެނެވިފައި. އިރާދަކުރެއްވިޔާމުން މި ހަފުތާގެ ތެރޭގެ ބޭސްވެސް އެޅިގެންދާނެ ޕޫލް އިމާރާތުގައި.” ރާފިޢު ވިދާޅުވިއެވެ.
މިއީ 1500 މީހުން އެއްފަހަރާ ބޭނުން ކުރެވޭ ގޮތައް ފަރުމާކުރަމުން އަންނަ ސްވިމިން ޕޫލެކެވެ. ފެތުމުގެ ތަމްރީންތަކަށް ބޭނުންވާ ވަސީލަތްތަކާއެކު އެ ތަން ފަރުމާ ކުރެވިގެންދާއިރު، ހައިޖަމްޕް ފެސިލެޓީއެއްވެސް ހިމެނިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
