
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާއާއި ވިލާތުގެ އިއްތިހާދުން އެމެރިކާއާއެކު ވިޔަފާރި ކުރުމަށް ދަތިވާ ގޮތަށް ފިޔަވަޅުތަކެއް އަޅައިފިއެވެ. އެ ފިޔަވަޅުތައް އަޅާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްްރަމްޕް އެ ޤަައުމަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓު ޑިޔުޓީ އިތުރު ކުރުމަށް ނިންމަވާ އެ ކަން ތަންފީޒު ކުރެއްވުމުންނެވެ. ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި، ބޭރު ޤައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނު ކުރައްވާފައިވާ ޑިޔުޓީތަކަކީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު “ފަރުވާ”އެކެވެ. އަދި، ޑިޔުޓީތަކަށް ލުއިދެވޭނީ ޤައުމުތަކުން އެމެރިކާއަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުން ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު ބޮޑެތި ލޮޅުންތަކެއް އިހުސާސްވެފައިވާ ބާޒާރުތަކުގެ ތެރޭގައި ޗައިނާއާއި ވިލާތުގެ އިއްތިހާދު ހިމެނެއެވެ. ޓްރަމްޕް ވަނީ އެމެރިކާއަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާއިން އެތެރެކުރާ މުދަލުން 104 ޕަސަންޓުގެ ޓެރިފެއް ޤާއިމު ކުރައްވައިފައެވެ. އެއާއެކު ޗައިނާއިން ވަނީ އެ ޤައުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީގެ ޢަދަދު 34 އިންސައްތައިން 84 އިންސައްތައަށް އިތުރު ކޮށްފައެވެ. އޭގެ އިތުރުން ޗައިނާއިން ވަނީ އެމެރިކާގެ 18 ވިޔަފާރިއަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. މީގެ ކުރިން ވެސް ޓެރިފްތައް އިޢުލާނު ކުރުމާއެކު ޗައިނާއިން ވަނީ އެމެރިކާގެ 60އެއްހާ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ދެ ޤައުމުގެ ދޭތެރޭ އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު މައްސަލައަށް އެދެވޭ ޙައްލެއް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
27 މެންބަރުންގެ މައްޗަށް އެކުލެވޭ ވިލާތުގެ އިއްތިހާދުން އެމެރިކާއަށް އެތެރެކުރާ ގިނަ މުދަލުން ވެސް 20 އިންސައްތައިގެ ޑިޔުޓީއެއް ނަގަން އެމެރިކާއިން ވަނީ ފަށައިފައެވެ. އޮޓޯ ސާމާނާއި ދަގަނޑުން ނަގާ ޑިޔުޓީ އަދި އެއަށް ވުރެ ބޮޑެވެ. މި ފިޔަވަޅުތަކާ ގުޅިގެން ވިލާތުގެ އިއްތިހާދުން ވަނީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ ޤައުމުތަކަށް އެމެރިކާއިން އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޑިޔުޓީއެއް ނެގުމަށް ނިންމާ އެ ކަން އިޢުލާނު ކޮށްފައެވެ. ވިލާތުގެ އިއްތިޙާދާއި ޗައިނާގެ އިތުރުން އެމެރިކާއިން ޑިޔުޓީ ބޮޑު ކޮށްފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ޖަޕާނު ފަދަ ބޮޑެތި އިޤްތިޞާދުތަކުން ފެށިގެން މަޑަގަސްކަރަ ފަދަ ކުދި އިޤްތިޞާދުތައް ވެސް ހިމެނެއެވެ. އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޓްރަމްޕް ޙަވާލުވެވަޑައިގަތުމާއެކު އެތައް ޒަމާނެއް ވަންދެން ޤާއިމު ކޮށްފައިވާ ވިޔަފާރި ގުޅުންތައް ދަނީ ރޫޅެމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގެ ގޮތުގައި އޮތް އެމެރިކާގެ ބާޒާރުގައި ޓެރިފްތައް މިހާރު އެވަރެޖު ކޮށް ހުރީ 20 އިންސައްތައިގައެވެ. މިއީ ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން 2.5 އިންސައްތައިގައި ހުރި ޢަދަދެކެވެ.
އިޤްތިޞާދީ މައްސަލަތަކުގައި ހަރުދަނާ ވާހަކަތައް ދައްކަވާ ބޭފުޅެއް ކަމަށްވާ ޖޭޕީމޯގަން ޗޭސްގެ ސީއީއޯ، ޖޭމީ ޑައިމަން ވިދާޅުވީ ޓްރަމްޕް ތަންފީޒު ކުރަައްވާފައިވާ ޓެރިފްތަކުގެ ސަބަބުން އިޤްތިޞާދުތައް ހީނަރުވެ ދަރަނި ނުދެއްކޭ ހިސާބަށް ދިޔުން ވަރަށް ގާތް ކަމަށެވެ. ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތައް އައިސްފައިވާއިރު ފާއިތުވި ހަތަރު އަހަރު ދަަށަށް ނުދާ ވަރަށް ތެލުގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިހާރު ފެންނަމުން ދަނީ އެމެރިކާގެ ޓްރެޜަރީ ބޮންޑުތަކާއި އެމެރިކާ ޑޮލަރާ ދުރަށް އިންވެސްޓަރުން ދާ މަންޒަރެވެ. މި ޙާލަތުގައި ޖަޕާނާއި ކެނެޑާއިން ބުނަމުން ދަނީ ދުނިޔޭގެ މާލީ ނިޒާމު ހަމައަކަށް އެޅުވުމަށް އެ ދެ ޤައުމުން މަސައްކަތް ކުރާނެ ކަމަށެވެ. މި މަސައްކަތަކީ ދަތި ވަގުތުތަކުގައި އާންމުކޮށް އެމެރިކާއިން ކުރާ މަސައްކަތެެކެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
