
އާސެނަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މި ނަތީޖާ ބަދަލުކޮށްލެވޭނެ ބަޔަކީ ރެއާލް މެޑްރިޑް ކަމަށް އެ ކުލަބުގެ ކުޅުންތެރިން ބުނަން ފަށައިފިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗަށް ފަހު ނަތީޖާ ކަނޑައަޅަން މި ދެ ޓީމު ކުޅޭ މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގައެވެ. “އަހަރުމެންނަށް ނަތީޖާ އަނބުރާ ލެވިދާނެ. އަހަރުމެން އެކަން ގަބޫލުކޮށްގެން ތިބެންވާނީ ކުރިއަށް މެޗު ނިމެންދެން،” ރޭގެ މެޗަށް ފަހު ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭ ބުންޏެވެ.
އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމަ ބުނީ ތިން ލަނޑުގެ ފަރަގަކީ އުނދަގޫ ނަތީޖާއެއް ކަމަށެވެ. ނަމަވެސް އަމިއްލަ ދަނޑުގައި އެކަން ކުރެވިދާނެ ކަމަށެވެ. “އާސެނަލް ވަރަށް މޮޅު. ތިން ލަނޑުގެ ނަތީޖާ އަކީ އުނދަގޫ ނަތީޖާއެއް ބަދަލު ކުރަން. އެކަމަކު މިކަން ކުރެވޭނެ ނަމަ އެތަނަކަށް ވާނީ އަހަރުމެންގެ ގެ. އަހަރުމެން މަސައްކަތް ކުރާނަން،” ބެލިންހަމް ބުންޏެވެ. ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ބުނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗުގައި ނަތީޖާ އަނބުރާ ލެވިދާނެ ކަމަށެވެ. “މި މެޗު އަދި ނުނިމޭ. އަދި އެއް މެޗު ކުޅެން އެބައޮތް. އަހަރުމެން މި ވިސްނަނީ އެ މެޗުގައި ނަތީޖާ ބަދަލުކުރަން،” އަސެންސިއޯ ބުންޏެވެ. އަދި ޑިފެންޑަރު ލޫކަސް ވަޒްކުއޭޒްގެ ބަސް މަގުވެސް ހުރީ މި ފަދަ ގޮތަކަށެވެ.
“ޓީމެއް 3-0އިން ބަލިވެފައި އޮއްވާ މި ނަތީޖާ އަނބުރާލެވޭނެ ބަޔަކު ތިބިއްޔާ އެ ބަޔަކަށްވާނީ ރެއާލް މެޑްރިޑް،” ވަޒްކުއޭޒް ބުންޏެވެ. މި މެޗުގައި އާސެނަލްގެ ފުރަތަމަ ދެ ލަނޑު ޖެހި ޑެކްލަން ރައިސް ވެސް ބުނީ މެޗުގައި ލީޑް ލިބުމުން އާސެނަލްއަށް އިތުބާރު ލިބުނަސް ރެއާލް ގެ ވަކިވަކި ކުޅުންތެރިންގެ ފެންވަރު މޮޅު ކަމަށެވެ. “އޭގެ ސަބަބުން އަހަރުމެންނަށް މެޗު އުނދަގޫވި. ގޯލު ޖެހުނަސް ވަކިވަކި ކުޅުންތެރިންގެ މޮޅުކަން އަހަރުމެންނަށް ފެނުނު. އެއީ ވަރަށް ބޮޑު ތަފާތެއް،” ރައިސް ބުންޏެވެ. ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ މެޗަށް ފަހު ބުނީ އަމިއްލަ ދަނޑުގައި ކުޅެން ނުކުންނައިރު މިފަދަ ނަތީޖާއެއް އަނބުރާލުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަމަށެވެ.
“އެކަމަކު ވެސް އަހަރުމެން މަސައްކަތް ކުރާނަން. އަހަރުމެންނަށް އޮތް ފުރުސަތު ހަނި. އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަހަރުމެން މޮޅުވާން މަސައްކަތް ކުރާނަން،” އެންޗެލޯޓީ ބުންޏެވެ. ރެއާލް މެޑްރިޑަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 15 ފަހަރު އެ ޓީމުން ތަށި ހޯދާފައިވާއިރު އަމިއްލަ ދަނޑުގައި ނަތީޖާ ނެރުމަކީ އެ ޓީމުގެ ވަރަށް ގިނައިން ކޮށްފައިވާ ކަމެކެވެ. މިއާ ހިލާފަށް އާސެނަލްއަށް މި މުބާރާތުގައި އެންމެ ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރު ފައިނަލް ކުޅުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
