
ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް ފިލްމެއް ކަމަށްވާ ފިލްމު މިޝަން އިމްޕޮސިބަލް 8 ގެ ޓްރެެއިލަރ ނެރެފިއެވެ. ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގައެވެ. “މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން” ޑައިރެކްޓްކުރީ މި ސީރީޒްގެ އެންމެ ފަހުގެ ތިން ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޮފާ މެކްއަރީއެވެ. އޭނާ 2023 ގައި ގެނެސްދިން “މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން” އަކީ ބޮކްސް އޮފީހުގައި 570.6 މިލިއަން ޑޮލަރުުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު އުފެއްދީ 219 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ “މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން” ގެ ކާސްޓްގައި ވަނެސާ ކާބީ، ސައިމަން ޕެގް، ހޭލީ އެޓްވެލް، ވިންގް ރޭމްސް، ހެންރީ ޒެމީ އަދި އެންޖެލާ ބެސޭ ހިމެނެއެވެ. މި ޓްރެއިލަރ އާއެކުގައި ފޭނުންގެ ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ “މިޝަން އިމްޕޮސިބަލް”ގެ ފެށުމަކީ 1996 ގައި ގެނެސްދިން ފިލްމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
