
ދިވެހީންގެ އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ދައްކާލުމުގެ ފުރުޞަތު ލިބިގެންދާ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބާއްވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތުގެ އިތުރުން، އުފެއްދުންތައް ގަތުމުގެ ފުރުޞަތުވެސް ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ލިބިގެންދާނެކަމަށެވެ. އަދި މިއީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ފުރުޞަތެއްކަމަށްވެސް އެވުޒާރާއިން މަޢުލޫމާތުދެއެވެ.
މިއެކްސްޕޯއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުލްޤަފޫރު ވިދާޅުވީ، ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުންވެސް ޒިޔާރަތްކުރާ އެކްސްޕޯއެއްކަމަށެވެ. އަދި މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ބޭއްވޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
“ވަަރަށް ބޮޑު މާކެޓެއްގެ ވާހަކަ މި ދައްކަނީ. ޗައިނާގައި ބާއްވާ މި އެކްސްޕޯއަކީ ހަމައެކަނި ޗައިނާގެ ބޭފުޅުންނެއް ނޫން މީގަ މިދަނީ. މިތަނަށް އެބައާދޭ ސައުތު-އޭޝިއާގެ ހުރިހާ ޤައުމެއްވެސް މި އެކްސްޕޯގައި ބައިވެރިވަމުންދޭ. އެހެންވީމަ މިއަންނަ ހުރިހާ އެގްޒިބިޓާސްއާއި ޕްރޮފެޝަނަަލް ބަޔަރސްއާއި ގުޅުވައިދޭ އެކިއެކި ފޯރަމްތައް މި އެކްސްޕޯގެ ތެރޭގައި ކުރިއަށްދާނެ. މީގެ ސަބަބުން ރަނގަޅު މާކެޓަަކަށް އެއްޗެތި ވިއްކާ އޯޑަރތަކެއް ޕްލޭސްކުރުމުގެ ފުރުސަތު ލިބިގެންދާނެ.” އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުލްޤަފޫރު ވިދާޅުވިއެވެ.

މިއަންނަ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސީއެސްއޭ އެކްސްޕޯގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ބޯޑަރު ހުރަސްކޮށް އެހެން ޕްލެޓްފޯމްތަކާ ހިސާބަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މުސްތަފާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރީ އަހަރުތަކާ ޚިލާފަށް، ރާއްޖެއިން ބޭރުގައި ދިވެއްސަކު އުފައްދާފައިވާ އުފެއްދުންވެސް މިއެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުޞަތު މިއަހަރު، ލިބޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވިޔަފާރިވެރިންގެ އުފެއްދުންތައް ޗައިނާއަށް ގެންދިއުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ. އެގޮތުން ވުޒާރާއަށް އެޕްލިކޭޝަން އަންނަ ހިސާބުން ފެށިގެން އެބޭފުޅުންގެ މަޢުލޫމާތުތައް ޗައިނާގެ މިއެކްސްޕޯ އިންތިޒާމްކުރާ ފަރާތަށް ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކޮޅުން ހަމަޖައްސަންޖެހޭ އިންތިޒާމްތައްވެސް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އެޕްރީލް 2025 ގެ ކުރިން [email protected] އީމެއިލްކުރެވޭނެކަމަަށާއި، ދިވެހިރާއްޖެއަށް ބޫތު ލިބޭ މިންވަރަށްބަލައި، މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުލްޤަފޫރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
