
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 58 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީން ދިމް ޙަމަލާތަކުގައި އިތުރު 213 މީހުންނަށް ޒަަހަމް ވެފައިވާ ކަމަށެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ މަހެއްހާ ދުވަހު މެދުކެނޑިފައި އޮތުމަށް ފަހު އެއްބަސްވުމާ ޚިލާފަށް މިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ޔަހޫދީން އަލުން ޙަމަލާ ދެމުން ދަނީ އަސްކަރީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ނޫންކަމަށެވެ. ނަމަ ވެސް އެއީ ޣައްޒާގެ ކުށެއް ނެތް ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި ޙަމާސުން ވަނީ ސިފަ ކޮށްފައެވެ.
ޙަމާސުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީންގެ ނިރުބަވެރި ޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. ޔަހޫދީންގެ ޙަމަލާތައް ކިތަންމެ ވަރުގަދަ ކުރި ނަމަ ވެސް ޣައްޒާގެ ރައްޔިތުންގެ ރޫހު ނުގުޑާނެ ކަމަށާއި، އޭގެ ބަދަލުގައި އިތުރުވެގެން ދާނީ ހަނގުރާމަައަށް ކުރިމަތިލުމުގެ ހިތްވަރު ކަމަށް އެ ޖަމާޢަތުން ބުނެއެވެ. މައުސޫމު ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންގެ ކިބައިން ބަދަލު ހިފުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ސިޔާސަތުން ޔަހޫދީންނަށް ކާމިޔާބު ނުލިބޭނެ ކަމަށާއި އެއީ ޔަހޫދީންގެ ހަލާކަށް ވެގެން ދާނެ ކަމަށް ޙަމާސުން ވަނީ ބުނެފައެވެ.
ޙަމާސުން އިތުރަށް ބުނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްގެން ޙަމާސުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީން މިނިވަން ނުކުރެވޭނެ ކަމަށެވެ. ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުން އަސީރުންގެ ފުރާނައަށް ވެސް ނުރައްކާވާ ކަމަށާއި އެ މީހުން ވެސް ޔަހޫދީންގެ ޙަމަލާތަކަުގައި މަރުވުން އެކަށީގެންވާ ކަމަށް އެ ޖަމާޢަތުން ބުންޏެވެ. އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި މަގަކީ މަޝްވަރާ ކުރުން ކަމަށް ވެސް އެ ޖަމާޢަތުން ވަނީ ފާހަގަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
