
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާ ކުރުމަށް އެ ޤައުމުން ތައްޔާރުވަމުންދާއިރު މަޝްވަރާތަކުން ކުރިއެރުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެމެރިކާގެ ނިޔަތާއި މަޤްސަދާމެދު ސުވާލު އުފެދޭ ކަމަށް އީރާނުގެ ސަރުކާރުން ބުނެފިއެވެ. 2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ޓްރަމްޕް އީރާނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީއަށް ފޮނުއްވި ސިޓީއެއްގައި އީރާނަށް ނިއުކްލިޔަރ ހަތިޔާރު ލިބުން ހުއްޓުވުމުގެ މަޤްސަދުގައި އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ފަހުން، އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.
މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނު ކުރައްވައިފައެވެ. އޭޕްރިލް މަހުގެ 12ވަނަ ދުވަހު ޢުމާނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނާމެދު ސީދާ މަޝްވަރާތައް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ޢަރަޤްޗީ ވަނީ ޢުމާންގައި ބާއްވައި މަޝްވަރާތައް ވާން ވާނީ ނުސީދާ މަޝްވަރާއަކަށް ކަމަށް ވިދާޅުވެފައެވެ. މަޝްވަރާތަކުން އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ އޭރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޢަރަޤްޗީ އިތުރަށް ވިދާޅުވީ މަޝްވަރާތަކުގައި އިސްކޮށް އެމަނިކުފާނު ބައިވެވިވެވަޑައިގަންނަވާނެ ކަމަށާއި ދެން އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާނީ އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާނީ ޢުމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބުސައިދީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއެކު ސީދާ މަޝްވަރާއަށް ދިޔުމުގެ ކުރިން އެމެރިކާގެ ކިބައިން ރަނގަޅު އިޝާރާތްތަކެއް އީރާނަށް ފެންނަން ބޭނުންވާ ކަމަށް އީރާނުގެ މަސްދަރުތަކާއި ސަރަޙައްދީ މަސްދަރުތަކުން ބުނެއެވެ. އެމެރިކާއާއެކު ސީދާ މަޝްވަރާ ކުރެވިދާނެ ކަމަށް އީރާނުން މީގެ ކުރިން ބުނެފައިވާ ކަަމަށަށް ފާހަގަކޮށް ސަރަޙައްދީ މަސްދަރަކުން ބުނީ އެމެރިކާގެ ފަރާތުން ވެސް ކޮންމެ ވެސް ރަނގަޅު އިޝާރާތެއް ފެންނަންޖެހޭ ކަމަށެވެ. އެ ގޮތުން އެމެރިކާގެ ނިޔަތް ހެޔޮކަން ސާފު ކޮޮށްދިނުމަށް އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުން ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ ބައެއް ފައިސާ ދޫ ކުރުން ފަދަ ކަމެއް އެމެރިކާއިން ކޮށްދިނުމަކީ އީރާނުން އެދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
