
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމާ ގުޅޭ ގޮތުން އެ ޤައުމާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވެފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ ވޮޝިންގޓަނަށް ގޮސް އުޅޭ ޒަޔަނިސްޓު ޔަހޫދީންގެ ހައްދަފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އީރާނުން ވަނީ ޓްރަމްޕްގެ ވާހަކަފުޅު ދޮގު ކޮށްފައެވެ. ޓްރަމްޕަށް ރައްދުދީ އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުން އެއްބަސްވެފައި ނުވާނެ ކަމުގައެވެ. އަދި، އޮމާނުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަކީ ސީދާ މަޝްވަރާތަކެއް ނޫން ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރާނެ ކަމުގައެވެ.
އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އީރާނުން އެއްބަސްވެފައިިވާ ކަމުގައި ޓްރަމްޕް ވިދާޅުވެފައި މި ވަނީ، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އީރާނުން އިންކާރުކޮށްފި ނަމަ، ނުވަތަ ފަށާފައިވާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. މަޝްވަރާތައް ފޭލުވެއްޖެ ނަމަ، “ބޮޑު ނުރައްކަލެއްގެ ތެރެއަށް އީރާން ވެއްޓޭނެ،” ކަމުގައި އޭނާ ވިދާޅުވިއެވެ.
އީރާނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައި
އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އީރާނުން ދަނީ އިންކާރު ކުރަމުންނެވެ. އީރާނުން އެ ގޮތަށް އަމަލު ކުރާ ނަމަ އެ ޤައުމަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވާފައިވީ ނަމަވެސް، އީރާނުން އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “އަޅުގަނޑުމެން މި ދަނީ އީރާނާ އެކު ސީދާކޮށް މަޝްވަރާތައް ބާއްވަމުން، އެ ކަން ފެށިއްޖެ. ހޮނިހިރު ދުވަހު [އޭޕްރިލް 12ގައި] މަޝްވަރާތައް ބާއްވާނެ. އެ ދުވަހު ބޮޑު ބައްދަލުވުމެއް އޮންނާނެ، އެއަށް ފަހު ކަން ހިނގާ ގޮތް ފެނިގެން ދާނެ،” ޓްރަމްޕް ވިދާޅުވިއެވެ. “އަޅުގަނޑަށް ހީވަނީ، [އީރާނާއި އެމެރިކާއާ ދެމެދު] އެއްބަސްވުމެއް އެކުލަވައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެންމެން ވެސް ޤަބޫލު ކުރާނެހެން،” އޭނާ ވިދާޅުވިއެވެ. އޭޕްރިލް 12ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެންމެ މަތީ ފަންތީގެ މަޝްވަރާތަކެއް ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. ނަމަވެސް، އެ މަޝްވަރާތައް ބާއްވާނެ ޤައުމެއް ނުވަތަ ތަނެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ޓްރަމްޕްގެ ވާހަކަފުޅާއި އިންޒާރުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އޮމާންގައި ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ނުސީދާކޮށް މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. “މިއީ ފުރުޞަތެއް އަދި އިމްތިހާނެއް ވެސް މެ. ބޯޅަ އޮތީ [ގޮތް ނިންމުމުގެ ބާރު އޮތީ] އެމެރިކާގެ ފަޅީގައި،” އޭނާ ވިދާޅުވިއެވެ.
ޢަރާޤިޖީއާއި ވިޓްކޮފް ބައިވެރިވެ ވަޑައިގަންނަވާނެ
އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ، ދެ ޤައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރު ޢަރާޤިޖީ ކަމުގައެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ކަމުގައެވެ. އެ ދެ ބޭފުޅުންގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާނީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ކަމުގައި ވެސް އީރާނުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ވެސް އީރާނާ އެކު ނުސީދާ މަޝްވަރާތަކެއް ބޭއްވިއެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. އޭގެ ކުރިން، ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކާ އެކު، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ގޮތުން، 2015ވަނަ އަހަރު އީރާނާއި އެމެރިކާ، އަދި ހުޅަނގުގެ ބާރުތަކާ އެކު، އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އޮބާމާގެ އިސްނެންގެވުމުގެ ދަށުންނެވެ. 2018ވަނަ އަހަރު އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ ޓްރަމްޕްގެ ވެރިކަމުގެ ކުރީ ދައުރުގައެވެ.
ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، އީރާނަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވުމާ އެކު މެދުއިރުމައްޗަށް ވަނީ ނުތަނަވަސް ކަން ވެރިވެފައެވެ. ޓްރަމްޕްގެ ރުހުމާއި ވާތްގާ އެކު ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަމުންނެވެ. އަދި، ލުބްނާނަށް ބޮން އަޅަމުންނެވެ. މީގެ އިތުރުން، ޔަހޫދީންނަށް ވާގިވެރިވުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
