
ސޮނީ ޓީވީން ގެނެސްދެމުން އަންނަ ޝޯއެއް ކަމަށްވާ ސީއައިޑީގައި ބެލުންތެރިންގެ ހާއްސަ ލޯތްބަށް ލިބިފައިވާ އޭސީޕީ ޕްރައްދިޔުމަންގެ ބައި ނިންމާލާފައިވާ ކަމަށް އެ ޗެނަލުން ބުނެފިއެވެ. ސޮނީ އިން ހާމަކޮށްފައިވާ ގޮތުގައި އޭސީޕީ މަރުވާ ގޮތަށް ނިންމާފައިވަނީ އެ ރޯލު އަދާ ކުރަމުންދާ ތަރިއެއް ކަމަށްވާ ޝިވާޖީ ސައްތަމް ޝޯއިން ބްރޭކްއެއް ނެގުމަށް ބޭނުން ވެގެން ބުނުމުންނެވެ. ކޮންސެޕްޓް ކަނޑައަޅާފައިވާ ގޮތުގައި އޭސީޕީ މަރުވުމަށް ނިންމާފައިވަނީ ވަރަށް ބޮޑު ބޮން ގޮއްވުމެއްގެ ތެރޭގައެވެ. މިއީ މި ޝޯގެ ދެވަނަ ސީޒަންއެވެ. މި ޝޯ ގެނެސްދޭނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 9:30 ގައި ސޮނީ ޓީވީންނެވެ.
ކުރިއެކޭ އެއްފަދައިން މިފަހަރުގެ މިސީޒަނުގައި ވެސް ފެނިގެންދާނީ ހަމަ އޭރު ލީޑުން ފެނިގެންދާ ތަރިންނެވެ. އެއީ ޝިވާޖީ ސަތަމް އާއި ދަޔަނަންދު ޝެޓީގެ އިތުރުން އަދިތިޔާ ސްރިވަސްތާވްއެވެ. މި ތިން މީހުންނާ އެކު ޖެނުއަރީ 21، 1998 އިން ގެނެސްދެމުން ގެންދިޔަ ސީ.އައި.ޑީ ނިންމައިލީ އޮކްޓޯބަރު 27، 2018 ގައެވެ. އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ހޯދި މި ސިލްސިލާ އަކީ އެ މުއްދަތުގެ ތެރޭގައި ޖުމްލަ 1،547 އެޕިސޯޑަށް ގެނެސްދިން ސިލްސިލާއެކެވެ. ސީއައިޑީގެ އެޕިސޯޑްގައި މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ މަރުތަކުގެ ހަގީގަތްް ހޯދަން ސީއައިޑީގެ އޮފިސަރުންތަކެއް ކުރާ މަސައްކަތަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
