
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބޮޑު ބަންދަކަށްފަހު މިއަދު ސަރުކާރު އޮފީސްތައް ހުޅުވޭއިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވެސް ތައްޔާރުވެއްޖެއެވެ. ރޯދަ މަހުގެ ފަހު 10 އާއިއެކު ލިބުނު ބަންދާއި ފިތުރު އީދާ ގުޅިގެން ލިބުނު ފަސް ދުވަހާއެކު 15 ދުވަސް ފަހުން މިއަދުން ފެށިގެން އަނެއްކާ ވެސް ސަރުކާރުގެ އޮފީސްތައް އާންމު ގަޑިތަކަށް ހުޅުވައި ހިދުމަތް ދޭން ފަށާނެއެވެ. ސްކޫލް ބޮޑު ޗުއްޓީއަށް ފަހު ހޯމަ ދުވަހު ދިރާސީ އާ އަހަރު ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެ މިނިސްްރީން ވިދާޅުވީ ދިރާސާ އާ އަހަރު ހޯމަ ދުވަހު ފަށާއިރު، ދަރިވަރުންގެ ފޮތްކާއި ޓީޗަރުން ވެސް ހަމަވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނެ ދުވަސްތަކުގެ އަދަދު މަދެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާއެކު ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 81 ދުވަހުއެވެ. ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 99 ދުވަހުއެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ ދުވަހަށް ވުރެ ދެ ދުވަހުގެ އިތުރުވުމެކެވެ. އަދި ދިރާސީ އަހަރުގައި މުޅި ޖުމްލަ ކިޔަވައި ދޭނީ 180 ދުވަހުއެވެ. އަދި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
