
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަން ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުލިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދަތުރުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެވުމަށްވެސް ލިވަޕޫލުގެ އެހީތެރިކަން ލިގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ކަންކަމަކީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ދެފަރާތުން އެއްބަސްވެވުނު ކަންތައްތައް ކަމަށެވެ.
“އަޅުގަނޑުމެންނަށް ދެކެވުނު ވާހަކައިން ލިވަޕޫލް އިންޓަނޭޝަނަލް އެކެޑަމީއާ އަޅުގަނޑުމެންނަށް ވާހަކަދެކުވުނު އަދި އެބޭފުޅުން ޕްރެޒެންޓޭޝަނެއް ހުށެހެޅި، އޭގެތެރޭގެ އެބޭފުޅުންގެ އެކަޑަމީގެ ވައިސް ޕްރެޒިޑެންޓް އެންމެ ސީނިއަރ ޑިވަލޮޕްމެންޓް ކޯޗު، ސީނިއަ ބިޒިނަސް މެނޭޖަރވެސް ހިމެނޭ ގޮތަށް، ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ބައްދަލުވުމެއް އެއީ.” ދަތުރުގެ މަޝްވަރާތަކާ ގުޅޭގޮތުން ރާފިޢު ވިދާޅުވިއެވެ.

މިއީ އެހެން ގައުމުތަކުގައިވެސް ލިވަޕޫލުން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރާފިޢު ވަނީ ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެކެވުނު ކަމަށްވެސް ވިދާޅުވެފައެވެ. ހަމަ އެހެންމެ ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވަން ބޭނުންވާ ވާހަކަ ބައްދަލުވުމުގެ ލިވަޕޫލުން ހުށެހެޅުއްވި ކަމަށް ރާފިޢު ވިދާޅުވިއެވެ. “އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވުނީ އެބޭފުޅުންގެ މިނިމަމް ރިކުއާމެންޓަކީ ކޮބާތޯ؟ މި ކަންފަށަށް ކޮންކަހަލަ ކަންތައްތަކެއް ކޮންކަހަލަ ފެސެލެޓީއެއްތޯ ބޭނުންވާނީ އަދި އިންޓްރެސްޓެޑް ކޯޗުންނަކީ ކޮންބައެއްކަން، އަޑެންޓިފައިކުރުން.” ލިވަޕޫލްގެ އެކެޑަމީއެއް ހުޅުވުމަށް ފާޅުކުރެއްވި ޝައުގުވެރިކަމާ ގުޅޭގޮތުން ރާފިޢު ވިދާޅުވިއެވެ.
މި ދަތުރުން އެނގިގެންދިޔަ ގޮތުގައި މިހާރު ތިބި ދިވެހި ކޯޗުން މިކަމުގައި ޝާމިލުވާނެ ކަމަށާއި، އެންމެ މުހިންމު ކަމަކީ ލިވަޕޫލުގެ ކޯޗުންނަށް ވާން ބޭނުން ފަރާތްތަކަށް އޮތް ފުރުސަތުކަން ރާފިޢު ފާހަގަކުރެއްވެވިއެވެ. މި މަޝްރޫއުގެ ތައުލީމީ ބައިތައް ތަރައްގީކޮށް ކުރިއަށްގެންދާނީ ލިވަޕޫލްއިންނެވެ. އެކަމައްޓަކައި ލިވަޕޫލުގެ ޚާއްސަ ކޯޗެއް ރާއްޖޭގައި ހުންނާނެ ކަމަށްވެސް ރާފިޢު ވިދާޅުވިއެވެ. މިދަތުރުވެގެންދިޔައީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަރުދާހާ ހަމައަށް އެއްބަސްވުން ގެނައުމުގެ ފެށުން ކަމަށް ރާފިޢު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެކަމުގެ މައުލޫމާތު ލިވަޕޫލުން ދިވެހި ސަރުކާރާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވުމުގެ އިތުރުން ލިވަޕޫލުގެ އަކްސާ ހައިޕާފޯމެސް ސެންޓަރަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ ތަނަކީ އެންމެ ފަހުން އިނގިރޭސިވިލާތުގައި ހުޅުވިގެންދިޔަ އެންމެ ޒަމާނީ ހައިޕާފޯމެންސް ސެންޓަރެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
